މެޒޯ މޯޑުގެ ލަވަތުގެ "ރައިޓްސް" ހަބޭސް ބޮޑުބެރު ބޭންޑަށް!

މެޒޯ މޯޑް ވަނީ އޭނާގެ ލަވަތަކުގެ ރައިޓް ހަބޭސް ބޭންޑަށް ދީފައި---

ރާއްޖޭގައި އުފެދުނު މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު)ގެ ހިތްގައިމު ލަވަތައް، މަޝްހޫރު ބޮޑުބެރު ބޭންޑު ހަބޭސް އަށް ދީ އެލަވަތަކަށް ޕާފޯމްކުރުމުގެ ހުއްދަ ބޭންޑަށް ދީފި އެވެ.

މެޒޯގެ ހުރިހާ ލަވައެއްގެ ރައިޓް ހަބޭސް ބޮޑުބެރު ބޭންޑަށް ދީފައި ވަނީ ރޭ ބޭއްވި ޝޯ އަކަށް ފަހު އެވެ.

"ސަން" އާ ވާހަކަދައްކަމުން ހަބޭސް ބޮޑުބެރު ބޭންޑުގެ މެނޭޖަރު އަލީ ޝިފާއު (އައްޔަ) ބުނީ، ވަރަށް ކުރިއްސުރެ ވެސް މެޒޯ އާ އެކު ވާހަކަދައްކަމުން އަންނަ ކަމަށާއި ރޭ ރަސްމީކޮށް އެކަން އިއުލާން ކުރީ ކަމަށެވެ.

އައްޔަ ބުނީ، މެޒޯގެ ލަވަތަކުގެ ރައިޓް ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އެ ލަވަތަކަށް އެ ބޭންޑުން ޕާފޯމްކުރަމުން ގެންދާނެ ކަމަށެވެ.

"ވަރަށް ހިތްހަމަ ޖެހޭ މެޒޯގެ ލަވަތަކުގެ ރައިޓް ދިނީމަ. މެޒޯ އަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ އެއް ލަވަކިޔުންތެރިޔާ. އަޅުގަނޑުމެންގެ ބޭންޑުން މިތިބީ ހަމަ ތައްޔާރަށް ލަވަތައް ކިޔަން. ވަރަށް އުފަލުން މިތިބީ،" އައްޔަ ބުންޏެވެ.

މެޒޯ މޯޑަކީ މީގެ ކުރިން ރީތި ލަވަތަކެއް ގެނެސްދީފައިވާ ހުނަރުވެރިއެކެވެ. އެގޮތުން "ޖިސްމު ނެތިގެން ގޮސް ހަފުސް" އާއި "އެޅިމިކަނޑު މަތި" ފަދަ ލަވަތައް އެއީ މިހާރުވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެވެ.

ހަބޭސް ބޮޑުބެރު ބޭންޑަކީ ވެސް މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ބޭންޑެވެ. މާލޭގަ ފޯރިގަދަ ޝޯތައް ދެމުން އަންނަ އެ ބޭންޑު ރިސޯޓްތަކުގައާއި އަތޮޅުތެރޭ ބައެއް ރަށްރަށް ވެސް ޝޯތައް ދެ އެވެ.

comment ކޮމެންޓް