ގާސިމް ފުލުހަށް ހާޒިރުވާން އަންގައިފި

އޭޕްރީލް 17، 2017، ވަނަ ދުވަހު އިންޑިއާ ސަފީރާ ބައްދަލުކުރުމަށް ފަހު ގާސިމް މީޑިއާއާ ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު ގާސިމް ޕޮލިހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ގާސިމް ފުލުހުންގެ އިދަރާއަށް ހާޒިރުކުރަނީ ފޯން ހުޅުވުމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ގާސިމްގެ މޯބައިލް ފޯން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ދާދިފަހުން ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ގާސިމް ހައްޔަރު ވެސް ކޮށްފަ އެވެ.

ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ގާސިމް އިބްރާހިމްގެ އަމިއްލަ ގެކޮޅު، މ. މާފަންނުވިލާ އާއި އެމަނިކުފާނުގެ އަމިއްލަ ކުންފުނި ވިލާ ގްރޫޕުގެ މައި އޮފީސް ހިންގާ އިމާރާތް ވެސް ބަލައި ފާސްކޮށްފަ އެވެ. ގާސިމްގެ މައްޗަށް ތުހުމަތު ކުރަނީ ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށެވެ.

ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ވެސް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

comment ކޮމެންޓް