"ރާބްތާ" އަަންނަ ޖޫން މަހުގައި ސިނަމާއަށް

ސުޝާންތް އާއި ކިރިތީ "ރާބްތާ" ގެ ޕޯސްޓަރެއްގައި. ފިލްމު ޖޫން މަހު ރިލީޒް ވަނީ---

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަަމަށްވާ ސުޝާންތު ސިންގް ރާޖްޕުޓާއި ކިރިތީ ސެނަން ލީޑް ރޯލް ކުޅެފައިވާ ލޯބީގެ ފިލްމް "ރާބްތާ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައި، ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އެ ފިލްމު ސިނަމާއަށް އަންނާނީ އަންނަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. "ރާބްތާ"އަކީ "ފައިންޑިން ފެނީ" އާއި "ކޮކްޓެއިލް" ފަދަ ކާމިޔާބު ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ދިނޭޝް ވިޖަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ރާބްތާ"އަކީ ޝުޝާންތް އާއި ކިރިތީ އެއްކޮށް ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. ފިލްމުގެ ޝޫތިން ކުރިޔަށް ދިޔަ އިރު އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑު ވެސް ފެތުރުނެވެ. ނަމަވެސް އެ އަޑުތައް ކެނޑި މިހާރު ސުޝާންތް އާއި ކިރިތީގެ މެދުގައި އޮތީ ގާތް އެކުވެރިކަމެވެ.

"ރާބްތާ" ގެ ލީޑު ރޯލުން ފެނިގެންދާ ދެތަރިން----

ޕްރިތަމް މިއުޒިކް ތައްޔާރުކޮށް ދީފައިވާ "ރާބްތާ"ގައި ހާއްސަ ފެނިލުމަކުން ބޮލީވުޑްގެ ގިނަ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްފައިވާ ދިޕިކާ ޕަދްކޯން ވެސް ފެނިގެންދާނެއެވެ.

އެ ފިލްމުގެ ފުރަތަމަ ފޯސްޓަރު ދައްކާލުމާއި އެކު، ފިލްމް ވަރަށް ރީތި ވާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށާއި ސުޝާންތާއި ކިރިތީގެ ކެމިސްޓްރީ ވެސް ވަރަށް ޗާލު ކަމަށް ބުނެ މީހުން ވަނީ ވާހަކަ ދައްކާފައެވެ.

ފިލްމު ރިލީޒް ކުރުމުގެ ކުރިން "ރާބްތާ" ގެ ޓްރެއިލާ ވެސް ދައްކާލާނެއެވެ.

ކިރިތީ އެންމެ ފެނުނީ ޝާހްރުކް ހާނާއި ކާޖޮލްގެ "ދިލްވާލޭ" އިންނެވެ. އަދި ސުޝާންތް އެންމެ ފަހުން ފެނިފައިވަނީ "ދިލްވަލޭ" އިންނެވެ.

comment ކޮމެންޓް