ރެޑްބުލް ޑޫޑުލް އާޓް މުބާރާތް ރާއްޖެއަށް، މިހާރު ބައިވެރިވެވޭނެ!

އިނަލްއަގުވާމީ ރެޑްބުލް ޑޫޑުލް އާޓް މުބާރާތުގެ ތެރެއިން--

ބައިނަލްއަގުވާމީ ރެޑް ބުލް ޑޫޑުލް އާޓް މުބާރާތުގެ ކޮލިފިކޭޝަން މުބާރާތެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ނިންމައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އެ މުބާރަތް ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން 26 ވަނަ ދުވަހާ ހަަމައަށެވެ.

އެ މުބާރާތުގައި ބައިވެރިކުރުމަށް ބޭނުންވާ ކުރެހުންތައް މާލޭގެ އެކިއެކި ރެސްޓޯރެންޓްތަކުގައި ބެހެއްޓިފައިވާ ފޮށި ތަކަށް ވައްޓާލުމަށް އެދި، ރެޑްބުލް މޯލްޑިވްސް އިން ވަނީ އިއުލާންކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ ވަކި ގަވައިދެއް ނޯންނާނެ ކަަމަށާއި ކުރެހުންތައް ހުށަހަޅަން ބޭނުންވާ ކޮންމެ މީހަކަށްވެސް ކުރެހުންތައް ހުށަހެޅޭނެ ކަަަމަށެވެ.

އެމުބާރާތުގައި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން އެންމެ ރަނގަޅު 20 ކުރެހުމެއް ހޮވުމަށް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ވޯޓް ލެވޭނެ ކަމަށާއި އެންމެ ރަނގަޅު 20 ކުރެހުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކުރެހުންތެރިއެއް ހޮވާނީ ރާއްޖޭގެ ތަޖްރިބާކާރު ތިން ޖަޖުންގެ ޕެނަލަކުންކަމަށްވެސް އިއުލާނުގައިވެއެވެ.

ރާއްޖެއިން ބައިނަލްއަގުވާމީ ރެޑްބުލް ޑޫޑުލް އާޓް މުބާރާތަށް ކޮލިފައިވާ ޓީމެއް ހޮވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ރާއްޖޭގައި ބާއްވާ މުބާރާތުން އެއްވަނައަށް ދާ ކުރެހުންތެރިއަކު ކޮލިފައިވާނީ ބައިނަލްއަގުވާމީ ރެޑްބުލް ޑޫޑުލް އާޓް މުބާރާތުގެ ފައިނަލަށެވެ. އަދި އެ ފައިނަލުގައި ވާދަ ކުރުމުގެ އިތުރުން ޑޫޑުލް އާޓް ކުރެހުމުގެ ދާއިރާއިން އިތުރު ތަމްރީންތައްވެސް ލިބިގެންދާނެ ކަމަށް ރެޑްބުލްއިން ބުނެއެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރު ޑޫޑުލް އާޓް މުބާރާތެއް ރާއްޖޭގައި ބާއްވާއިރު މީގެކުރިންވެސް އެ މުބާރާތް ވަނީ ރާއްޖޭގައި ބާއްވައިފައެވެ. އަދި މިއީ ބައިނަލްއަގުވާމީ ރެޑްބުލް ޑޫޑުލް އާޓް މުބާރާތެއް ބާއްވާ ތިން ވަނަ ފަހަރެވެ.

comment ކޮމެންޓް