މާޅެންދޫ ބަލިކޮށް، މިލަންދޫ ޒޯން ދޭއްގެ ޗެމްޕިއަންކަމާ ގާތަށް

މިނިވަން ޗެމްޕިއަންޝިޕްގައި މިލަންދުއާއި މާޅެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަންދޫ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިނިވަން ޗެމްޕިއަންޝިޕްގައި ނ. މާޅެންދޫ ބަލިކޮށް، ޒޯން ދޭއްގެ ޗެމްޕިއަންކަމާ ގާތަށް ށ. މިލަންދޫ ޖެހިލައިފިއެވެ.

ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ނ. އަތޮޅުގެ ޗެމްޕިއަން މާޅެންދޫގެ މައްޗަށް ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫ ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗަކީ މިލަންދޫގެ ހޯމް މެޗެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި މިލަންދުއާއި މާޅެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަންދޫ މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މިލަންދޫން ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 22 ވަނަ މިނެޓުގައި މާޅެންދޫ ކޮޅަށް އެ ލަނޑު ޖަހާފައިވަނީ މިލަންދޫގެ އަލީ ޖުނައިދުއެވެ.

ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ މާޅެންދޫގެ ހޯމް މެޗަށްފަހުއެވެ. މާޅެންދޫގެ ހޯމް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އެ މެޗަށްފަހު ޗެމްޕިއަންކަން ލިބޭނީ އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށެވެ. އަދި އެ ޒޯންގެ ޗެމްޕިއަން ޓީމަށް ފައިނަލް ބުރުގެ ޖާގައެއް ލިބޭނެއެވެ.

comment ކޮމެންޓް