ތިން މަސްތެރޭ 14 ޖަލްސާ ބޭއްވުމަށްފަހު މަޖިލިސް ދޮޅު މަހުގެ ޗުއްޓީއަކަށް

ރައްޔިތުންގެ މަޖިލިސް ކުރާ މާލަން ---

ރައްޔިތުންގެ މަޖިލީހިގެ މިއަހަރުގެ ފުރަތަމަަ ދައުރުގައި 14 ޖަލްސާއެއް ބޭއްވުމަށްފަހު މަޖިލިސް ޗުއްޓީއަކަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފްތާއެއްގެ ކޮންމެ ހޯމަ، އަންގާރަ ބުދަ ދުވަހެއްގައި ޖަލްސާ ބާއްވަން ޖެހެ އެވެ. އެހެކަމުން މިއަހަރުގެ ފުރަތަމަ ދައުރުގައި 36 ޖަލްސާއެއް ބާއްވަން ޖެހުނު ނަމަވެސް މަޖިލީހުގައި ކުރާނެ މަސަތްކަތެއް ނެތުމާއި އަދި ވެސް އެކި ސަބަބުތަކާއި ހުރެ ވަނީ 22 ޖަލްސާއެއް ބޭއްވޭ ގޮތް ނުވެފައެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ދައުރުތައް ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ. މަޖިލިހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ޖަލްސާތައް ކޮންމެ ހޯމަ، އަންގާރަ ބުދަ ދުވަހެއްގައި ބާއްވަން ޖެހެ އެވެ.

މި ދައުރުގައި މަޖިލީހުން މާބޮޑު އުފެއްދުން ތެރިކަމެއް ފެނިގެން ގޮސްފައި ނުވާއިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުން މަޖިލިހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ދުރުކުރުމަށް ކުރި މަސަތްކަތް ތަކެވެ.

ނަމަވެސް ފުރުތަމަ ވެއްދި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. އަދި އޭގެ ހަފްތާއެއް ފަހުން އަނެއްކާ ވެސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި ނަމަވެސް ޕީޕީއެމް އަދި އެމްޑީއޭގެ މެމްބަރުން ވަނީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައިސް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ވޯޓާއި އެކު ކަމަށް ބުނެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. އެއާއި އެކު މަސީހާ ދެކޮޅަށް ހުށަހެޅި ދެވަނަ މައްސަލަ އާއި މޫސަ އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ވަނީ މަޖިލިހުން ބޭރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް