އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެންފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ފްލައިޓުން ފައިބައިގެން ވަޑައިގަންނަވަނީ --- ފޮޓޯ/ ފޮއިން މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރަސްމީ ދަތުރެއްގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެންފައިވާ އިރު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ. އިދިކޮޅު ފަރާތްތަކުގެ ލީޑަރުންގެ މައްޗަށް އެކި ދައުވާތައް އުފުލައި، ބައެއް ލީޑަރުން ތިބީ ހައްޔަރުކޮށްފަ އެވެ. އަދި ބައެއް ލީޑަރުން އަމިއްލައަށް އަރުވާލެވިގެން ކަމަށް ބުނެ، ބޭރު ގައުމުތަކަށް ދިރިއުޅުން ވަނީ ބަދަލުކޮށްފ ައެވެ.

އެކަންކަމާ ގުޅިގެން އިދިކޮޅު ލީޑަރުންތައް އިސްލާހީ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެންމެ ބޮޑަށް ކުރަނީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކުރުމުގެ މަސައްކަތެވެ.

comment ކޮމެންޓް