ޝްރައްދާގެ ސަބަބުން އަދިއްތުޔަ އާއި ފަރްހާން އާ ދެމެދު ހަމަނުޖެހުމެއް ނުހިނގާ!

ޝްރައްދާ ކަޕޫރާ އަދިއްތުޔަ ރޯއި އަދި ޝްރައްދާ އާއި ފަރްހާން އަޚްތަރު --

ބޮލީވުޑްގެ އުންމީދީ ބަތަލާ ޝްރައްދާ ކަޕޫރާ އެންމެ ގިނައިން އަޅުވާ ކިޔާ ދެ ތަރިންނަށް އަދިއްތުޔަ ރޯއި ކަޕޫރު އަދި ފަރްހާން އަޚްތަރު ވާނެ އެވެ.

އަދިއްތުޔަ އާއި ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އަކީ މިހާރު ދުވަސްވީ ވާހަކަ އެކެވެ. ނަމަވެސް ފަރްހާން އާއި ޝްރައްދާ ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވެން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ތިން ފަންނާނުންނާ ގުޅުވައިގެން އެންމެ ފަހުން ދެކެވެން ފެށި ވާހަކަ އަކީ، ޝްރައްދާގެ ސަބަބުން ޕާޓީ އެއްގައި ފަރްހާން އަދި އަދިއްތުޔަ އާދެމެދު ހަމަނުޖެހުމެއް ހިނގި ވާހަކައެވެ.

ޚަބަރުތައް ބުނާ ގޮތުން ފަރްހާން އާއި އަދިއްތުޔަ އާ ދެމެދު ޒުވާބު ހޫނުވެ ހަމަނެޖެހުމެއް ހިނގާފައި ވާނީ، ޕާޓީގައި ޝްރައްދާ އާއި އަދިއްތުޔާ މާ ގާތްކޮށް އުޅުމުން އެކަމާ ފަރްހާން ހިތްހަމަ ނުޖެހިގެންނެވެ. ދެ މީހުންގެ ދޭތެރޭގައި މައްސަލަ ހޫނުވުމުން، މައްސަލަ ހަމައަކަށް އެޅުވީ ޝްރައްދާ ކަމަށާއި، އަދި ފަހުން ފަރްހާން އާ ވާހަކަ ދެއްކުމަށް ޝްރައްދާ އޭނާގެ ގެއަށް ވެސް ދިޔަ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް ފަރްހާން މިވަނީ އެ ހުރިހާ ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެފައެވެ.

ފަރްހާން އަޚްތަރު އަދިއްތުޔަ ރޯއި އާއެކު ނަގާފައިވާ ފޮޓޯއެއް އޭނާ ވަނީ ޓްވީޓްކޮށްފައި --

އިއްޔެ ފަރްހާން ވަނީ އަދިއްތުޔަ އާއެކު ނަގާފައިވާ ފޮޓޯއެއް ޓުވީޓު ކޮށްފައެވެ. ދެމީހުން ވެސް ވަރަށް ބޮޑަށް ހިނިތުންވެ ތިބެ ނަގާފައިވާ އެ ފޮޓޯ އާއެކު ފަރްހާން ވަނީ އެއީ ދެކެވެމުން އަންނަ ހަގީގަތެއް ނެތް ވާހަކަތަކަށް ނިމުން ގެންނާނެ ފޮޓޯއެއް ކަމަށެވެ.

ޝްރައްދާ އާއި އަދިއްތުޔަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފެށީ ދެމީހުން އެކުގައި ކުޅުނު ބްލޮކްބަސްޓަރ ފިލްމު 'އާޝިގީ 2' އަށް ފަހު އެވެ. އޭގެ ފަހުން ދެ މީހުން ވަނީ 'އޯކޭ ޖާނޫ' އިން ވެސް އެކުގައި ފެނިގެން ގޮސްފައެވެ.

ފަރްހާން އާއި ޝްރައްދާ ރައްޓެހިވެގެން އުޅޭ ކަމަށް އަޑުފެތުރުނީ ދެމީހުން 'ރޮކް އޯން 2' ގެ މަސައްކަތް ކުރަން ފެށުމުންނެވެ. އެއީ ފަރްހާން އޭނާގެ 16 އަހަރުވީ ދިގު ކައިވެނި ވެސް ނިންމާލި ދުވަސްވަރެވެ.

comment ކޮމެންޓް