ވަގަށް ނަގާފައިވާ ޑޮލަރުތަކެއް ހޯދައި ޒުވާނަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ޑޮލަރުތައް: އެ މައްސަލައާއި ގުޅިގެން ޒުވާނަކު ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ/ ޕޮލިސް

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1400 ޑޮލަރު ހޯދައި ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި، އަދި އެއީ ދިވެއްސެއް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި، އެ ފައިސާތައް ހޯދާފައިވަނީ އެމީހާ ދިރިއުޅޭ ފްލެޓް ބަލައި ފާސްކޮށްގެން ކަމަށެވެ.

އެ ފައިސާތައް އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް