ޕިކަޕެއްގައި އުފުލި 30 ޝީޓް ބިއްލޫރި ފުރޮޅާލައިފި

ޕިކަޕުން ފުރޮޅާލި ބިއްލޫރިތައް މަގުމައްޗަށް ތެޅިފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

މާލޭގެ މަގެއްގައި ޕިކަޕެއްގައި އުފުލި 30 ޝީޓް ބިއްލޫރި ފުރޮޅާލައިގެން ވެއްޓި ތަޅައިގެން ހިނގައްޖެ އެވެ.

މަންޒަރު ދުށް މީހަކު ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 8:15 ކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާ ކަމަށެވެ.

ޕިކަޕުން ފުރޮޅާލި ބިއްލޫރިތައް މަގުމައްޗަށް ތެޅިފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

30 ޝީޓް ބިއްލޫރިގަނޑު ހުރި ޕެލެޓް އުފުލާފައި ވަނީ "އެމްގްލާސް އެންޑް އަލުމިނިއަމް" ފިހާރައިގެ ވެހިކަލެއްގައެވެ.

ނަމަވެސް އެ ފިހާރައިގެ ޓެލެފޯން ނަމްބަރަށް ގުޅައި، ފޯނަށް ޖަވާބެއް ނުދޭތީ ވަނީ އެއީ ސީދާ އެ ކުންފުނީގެ ބިއްލޫރިތަކެއްކަން ޔަގީން ކުރެވޭގޮތް ނުވެފައެވެ.

ބެލެވޭގޮތުގައި އެ ޕެލެޓް ވެއްޓިފައި ވަނީ ރަނގަޅަށް ނާއްސައި ޕިކަޕް ދުއްވުމުންނެވެ. އެވަގުތު ވެހިކަލްގައި ތިބި ބިދޭސީން ވަނީ މަގު ފޮޅައި ސާފުކޮށްފައެވެ.

comment ކޮމެންޓް