ޖުުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
މިދިޔަ ހަފްތާވެސް ގާސިމް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭރު ގާސިމްގެ ހާޒިރު ކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ކައިރިވެފައި ވަނިކޮށް މެމްބަރުންނަށް ރިޝްވަތު ދޭނެ ކަމަށް ބުނެ ވާހަކަދެއްކި ކަމުގެ ތުހުމަތުގަ އެވެ.
މިރޭ 9:00 އަށް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގުމަށް ފަހު ފަހުން ވަނީ ހާޒިރުވާންޖެހޭ ގަޑި ބަދަލުކޮށްފަ އެވެ. ފަހުން އެންގީ މާދަމާ ހަވީރު 4:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ.
ނަމަވެސް މިރޭ ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.