ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދިންއިރު ފްރާންސް މޮޅުކޮށްދިނީ ޖިރޫ

ވޯލްޑް ކަޕް 2018 ކޮލިފައިންގެ ގްރޫޕް "ބީ"ގައި ޕޯޗްގަލްއާ ހަންގޭރީ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބޯޅަ ހިފައިގެން ދަނީ. ޕޯޗުގަލުން އެ މެޗު ކާމިޔާބުކުރީ 3-0 ލަނޑުގެ ނަތީޖާއަކުން -- ފޮޓޯ: އޭޕީ

ވޯލްޑް ކަޕް ކޮލިފައިންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ލަނޑުން ހަންގޭރީ އަތުން ޕޯޗުގަލް މޮޅުވިއިރު އޮލިވިއާ ޖީރުގެ ދެ ލަނޑާއެކު ލަގްޒެމްބާގް އަތުން ފްރާންސް ވެސް މޮޅުވެއްޖެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް "ބީ"ގައި ރޭ ހަންގޭރީ އަތުން ޕޯޗުގަލް މޮލުވީ 3-0 ގެ ނަތީޖާއަކުންނެވެ. ގްރޫޕް "އޭ"ގެ ލަގްޒެމްބާގް އަތުން ފްރާންސް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ޕޯޗުގަލް ކުޅުނު މެޗުން އެޓީމަށް ލީޑު ނަގައިދިނީ އަންދްރޭ ސިލްވާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 32 ވަނަ މިިޓްގައެވެ. ޕޯޗުގަލްގެ އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ވޯލްޑް ކަޕް 2018 ކޮލިފައިންގެ ގްރޫޕް "ބީ"ގައި ޕޯޗްގަލްއާ ހަންގޭރީ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ ހަންގޭރީގެ ކީޕަރު މަތަކުރަނީ. ޕޯޗުގަލުން އެ މެޗު ކާމިޔާބުކުރީ 3-0 ލަނޑުގެ ނަތީޖާއަކުން -- ފޮޓޯ: އޭޕީ

މި ނަތީޖާއާއެކު މިދިޔަ އަހަރުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް އޮތީ ގްރޫޕް ބީގެ ދެވަނަ މަގާމުގައެވެ. ގުރޫޕް ބީގެ އެއް ވަނައިގައި އޮތީ ރޭ ލެޓްވިއާ އަތުން 1-0 އިން މޮޅުވި ސްވިޓްޒަލޭންޑެވެ.

ލަގްޒެމްބާގްގެ ދަނޑުގައި ކުޅުނު މެޗުގައި ފްރާންސް ކުރި ހޯދިއިރު މެޗުގެ 28 ވަނަ މިނިޓުގައި ފްރާންސްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ. ލަގްޒެމްބާގުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެޓީމަށް މެޗުގެ 34 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓިއަކުން އައުރެލިން ޔަކީމްއެވެ.

ވޯލްޑް ކަޕް 2018 ކޮލިފައިންގެ ގްރޫޕް "އޭ"ގައި ފްރާންސް އާއި ލަގްޒެމްބާގް ބައްދަލުކުރި މެޗުގައި ލަނޑުޖެހުމަށް ފަހު ފްރާންސް ކުޅުންތެރީން އުފާކުރަނީ. ފްރާންސް އެ މެޗު ކާމިޔާބުކުރީ 3-1 ލަނޑުގެ ނަތީޖާއަކުން -- ފޮޓޯ: އޭޕީ

ފްރާންސުން މެޗުގެ ނަތީޖާ އެ ޓިމު ކޮޅަށް އަނބުރާލީވެސް އެޓީމަސް މެޗުގެ 37 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ކާމިޔާބުކުރީ ގްރީޒްމަންއެވެ. ފްރާންސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ޖީރު އެވެ.

މިނަތީޖާއާއެކު ފްރާންސް އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޖުމުލަ 13 ޕޮއިންޓާ އެކު ގުރޫޕް "އޭ"ގެ އެއްވަނަ މަގާމުގައެވެ.

comment ކޮމެންޓް