ރާއްޖޭގެ ޕާސްޕޯޓަށާއި އީގޭޓަށް ބައިނަލްއަގުވާމީ އެވޯޑެއް

އިމިގުރޭޝަންއަށް ލިބުނު ބައިނަލްއަގުވާމީ އެވޯޑާ ހަވާލުވުން-- ފޮޓޯ: އިމިގުރޭޝަން

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕާސްޕޯޓާއި އީގޭޓަށް ބައިނަލްއަގުވާމީ އެވޯޑެއްލިބިއްޖެ އެވެ.

އިޓަލީގެ ރިސާޗް އިންސްޓިޓިއުޝަނެއްކަމަށްވާ އައިއޭއައިއާރްއިން ދޭ އެވޯޑް މޯލްޑިވްސް އިމިގުރޭޝަންއަށް ލިބުނީ އެންމެ ރަނގަޅު ޓެކްނޮލޮޖީއާއި ސޮލިއުޝަންގެ ދާއިރާއިންނެވެ. އެއެވޯޑާ ހަވާލުވީ ކޮންޓުރޯލާ މުހައްމަދު އަންވަރާއި ޑެޕިއުޓީ ކޮންޓުރޯލާ އަބްދުﷲ އަލްގީން އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ޕާސްޕޯޓަކީ ސަލާމަތީ 34 ސިފަ ހިމެނޭ ގޮތަށް މީހާގެ ފިންގާޕްރިންޓާއި ބަޔޮލޮޖިކަލް އެހެން ބައެއް މައުލޫމާތު ހިމެނޭ ބަޔޯމެޓްރިކް ޕާސްޕޯޓެކެވެ. އެއީ މިސަރަހައްދުގައި ވެސް އެންމެ ސަލާމަތީ ގޮތުން ވަރުގަދަ ޕާސްޕޯޓެވެ.

އީ ގޭޓަކީ ރާއްޖެ އަށް އެތެރެވުމާއި ބޭރުވުމުގައި އިމިގްރޭޝަން އޮފިސަރުން ޕާސްޕޯޓް ޗެކުކުރުމުގެ ބަދަލުގައި އަމިއްލައަށް ޗެކުރަން ޖެހޭ ނިޒާމެކެވެ. އީ ގޭޓުގެ ޚިދުމަތް ބޭނުންކުރާނެ ގޮތަކީ ޕާސްޕޯޓް އަމިއްލައަށް ސްކޭންކޮށް، ފިންގާ ޕްރިންޓް ޖަހައި އެ ސިސްޓަމްގައި ހުންނަ ކެމެރާއާ ދިމާލަށް ބަލައިލުމެވެ.

comment ކޮމެންޓް