ރާއްޖޭގެ ގިނަ ބަޔަކު ފޯރީގައި ބަލަމުން އަންނަ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޝޯތައް، ރޯގާގެ ސަބަބުން މެދުކަނޑާލުމަށް ފަހު އަނެއްކާ ވެސް ރޭ ޝޯތައް ދައްކަން ފަށައިފި އެވެ.

ހުމާއި ރޯގާ މާލޭގައި ވެސް ފެތުރެމުންދާތީ މިދިޔަ ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގެ އައިޑޮލް ޝޯތައް މެދުކަނޑާލި އިރު އޮތީ އައިޑޮލްގެ ގަދަ ދިހައެއް ޔަގީންވެ، ބެލުންތެރިންގެ މެދުގައި އައިޑޮލްގެ ފޯރި ވަރަށް ގަދަވެފަ އެވެ.
ޓީވީއެމް އިން ރޭ އައިޑޮލްގެ ޝޯތައް ދައްކަން ފެށި އިރު ގަދަ ދިހަ ބައިވެރިން ވެސް ތބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އަދި އެ ހުރިހާ ބައިވެރިން ވެސް ވަނީ ހިތްގައިމު ލަވަތަކެއް ހުށަހަޅައިދިނުމަށް ފަހު ބެލުންތެރިންނާއި ޖަޖުންގެ ހިތްތަކާ ކުޅެލާފަ އެވެ.

ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ އައިޝަތު ޖައިޝާ ލަވަ ހުށަހަޅައިދެނީ---
ގަދަ ދިހަ ބައިވެރިން:
މުހައްމަދު ރީހާން
ޝަމްވީލް މުހައްމަދު
ހަސަން އިރުފާން
މުހައްމަދު ތަސްނީމް (ބޮބް)
އިބްރާހީމް ވަހީދު (ބޮޑުބެ)
އަހްމަދު ނަބީލް
ހަމޫދު އަހްމަދު
އަހްމަދު ފަރަޝް
އައިޝަތު ޖައިޝާ
އަބްދުﷲ ހިޝާން
ރޭގެ ޝޯގެ ތީމަކީ "ޕްލޭބެކް ސިންގިން" އެވެ. ހުރިހާ ބައިވެރިން ވެސް ވަނީ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދި ލަވަތަކެއް ހުށަހަޅައިދީ، ކުރީގެ ހަނދާންތައް އާކޮށްދީފަ އެވެ.

ގަދަ ދިހައެއްގެ ތެރޭގައި ހިމެނޭ އަހްމަދު ފަރަޝް ލަވަ ހުށަހަޅައިދެނީ---
ރޭގެ ގެސްޓް ޖަޖެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ބައިވެރިވި އިރު، ޖަޖުން ވަނީ ދިހަ ބައިވެރިން ހުށަހަޅައިދިން ހިތްގައިމު ލަވަތަކަށް ކޮމެންޓް ވެސް ކޮށްފަ އެވެ.
ހިތްގައިމު ހުށަހެޅުންތަކަށް ފަހު އައިޑޮލްގެ ގަދަ ނުވައަކަށް ގެންދިޔުމަށް އެންމެ ކަމުދާ ބައިވެރިޔަކަށް ވޯޓުކުރަން ވެސް ރޭ ވަނީ ހުޅުވާލާފަ އެވެ. އެމީހަކަށް އެންމެ ކަމުދާ ބައިވެރިޔަކު އައިޑޮލް އިން ވަކިވެގެން ދިޔަ ނުދިޔުމަށް ޓަކައި މިއަދު މެންދުރު ފަހު ތިނެއް ޖަހަންދެން އެސްއެމްއެސް ކުރަމުން ގެންދަންވީ އެވެ. އައިޑޮލްގެ ގަދަ ނުވައެއް މިރޭގެ ޝޯގައި ކަށަވަރުވާނެ އެވެ.
comment Ayers
8 year 6 day ago
Resuming concerts, tv shows and tournaments does not indicate flu crises is over. Its still ongoing and people are dying from it. As we are "dhivehin" we keep things on mind for 7 days and after that we forget about it.
comment ހަމީދު
8 year 6 day ago
"ވޯޓުކުރުން" މިއީ ދިވެހިބަހުގައި ބޭނުންކުރާ ގޮތެއް ނޫން. ދިވެހިބަހުން ބުނާނީ "ވޯޓުދިނުން" މިހެން.