މިހާރު ޗައިނާގައި ކުރިޔަށްގެންދާ "ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް" ޕްރޮގްރާމްގައި ރާއްޖެ ތަމްސީލުކޮށްދިނުމަށް ދައުވަތު ލިބުނީ މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ރަނަރަފް އައިމިނަތު ސައިނާ މުހައްދަށެވެ. ސައިނާ ވަނީ އޭނާގެ އެންމެ ފުރިހަމަ ހުނަރު ދައްކާލާފައެވެ.
މި މަހުގެ 11 އިން ފެށިގެން މިއަދުގެ ނިޔަލަށް ޗައިނާގައި ކުރިޔަށް ގެންދިޔަ އެ ގައުމުގެ ކަލްޗަރަލް ޕްރޮގްރާމްގައި ޖުމްލަ 27 ގައުމަކުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި ކުރިޔަށް ގެންގޮސްފައިވަނީ ކެޓެގެރީތަކަކަށް ބަަހާލައިގެންނެވެ. އެގޮތުން މިއުޒިކްގެ ކެޓެގެރީ ކޮމްޕެޓިޝަނެއް ގޮތަށް ކުރިޔަށް ގެންދިޔަ އިރު ދެވަނަ ލިބިފައިވަނީ ދިވެހިރާއްޖެ ތަމްސީލުކޮށް، ސައިނާ ހުށަހަޅައިދިން ހުށަހެޅުމަށެވެ.

"ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް" ޕްރޮގްރާމްގައި ރާއްޖެ ތަމްސީލް ކުރި ސައިނާ ޓްރޮފީއާއެކު...
މީގެ ކުރިން ސައިނާ ސަން އަށް ބުނީ "ސިލްކް ރޯޑް އެންޑް ޔަންގް ޑްރީމް" ޕްރޮގްރާމްގައި ރާއްޖެ ތަމްސީލުކޮށްދޭން ލިބުމުން ވަރަށް އުވާފާ ކަމަށެވެ. އޭނާ ވަނީ އެމީހުންގެ އެވޯޑިން ސެރެމަނީގައި ލަވަ ހުށަހަޅައިދިން ފަސް ބައިވެރިންގެ ތެރޭގައި ވެސް ހިމެނި، ލަވައެއް ކިޔާފައެވެ.
އިއްޔެ އެ ޕްރޮގްރާމް ނިންމާލި ކަމުގައި ވިޔަސް ސައިނާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.