ޝަމްވީލްގެ "ފަރި ހަންޑި" އަންނަނީ!

ޝަމްވީލްގެ އާ ސިންގަލް ކަމަށްވާ "ފަރި ހަންޑި"ގެ އާޓްވޯކް --- ފޮޓޯ : ޝަމްވީލް

މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނުން މަގުބޫލުކަން ހޯދާފައިވާ މުހައްމަދު ޝަމްވީލް (ބަރޯ)ގެ ޑެބިއޫ އަލްބަމުން މުޅީން އާ ލަވައެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

އަމިއްލަ ރާގު ލަވައެއް ކަމަށްވާ "ފަރި ހަންޑި" ނަމަކަށް ކިޔާ ލަވައަކީ ޝަމްވީލްގެ ޑެބިއޫ އަލްބަމް "ސޮރު"ގެ ދެވަނަ ލަވަ އެވެ.

އައިޑަލްގެ ތިންވަނައަށް ދިޔަ ޝަމްވީލް ވަނީ އޭނާގެ ފުރަތަމަ އޮރިޖިނަލް ކަމަށްވާ "އޮޑިދީލަ"އާއެކު ގިނަބައެއްގެ ހިތްތައް ފަތަހަކޮށްފަ އެވެ.

އަލަށް ނެރޭ ލަވައަކީ ވެސް ގިނަ ބަޔަކަށް ކަމުދާނޭ ލަވައެއް ކަމަށް ބެލެވެއެވެ. ފަރި ހަންޑިގެ ސްޓޫޑިއޯ ވާޝަން ނެރުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު އެވެ.

އެ ލަވައިގެ ލިރިކްސްގެ މަސައްކަތުގައި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެހީތެރިވެފައިވާއިރު މިއުޒިކް އެރޭންޖްމެންޓުގައި އެހީތެރިވެފައިވަނީ ޝަމާއިލް އާއި ތޮލާލާއި އަރު އަދި ޒިޔާއެވެ. ލަވައިގެ އާޓްވޯކް ހަދައިދީފައިވަނީ "ލޮނުފެން" ސްޓޫޑިއޯއިންނެވެ.

އަންނަ ހުކުރު ދުވަހު އެ ލަވަ ރިލީޒުކުރާނީ ރާއްޖޭގެ މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ "ލަވަފޮށި"އަށެވެ.

comment ކޮމެންޓް