އިންޑޮނޭޝިޔާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާ އަށް ބިންހެލުން އައި ސަރަހައްދު..

އާންމުކޮށް ބިންހެނުން އަންނަ އިންޑޮނޭޝިއާއަށް 6.4 ބާރު މިނުގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މިބިންހެލުން އައިސްފައި ވަނީ މިއަދު ހެނދުނު އިންޑޮނޭޝިއާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީ އަށެވެ.

އެބިން ހެލުމާ އެކު ސުނާމީގެ އިންޒާރެއް އަދި މިހާތަނަށް ދީފައެއްނުވެ އެވެ. ނަމަވެސް ބިންހެލުމުގެ ލޮޅުން ވަނީ ބާލީ އާއި 270 ކިލޯ މީޓަރު ދުރަށް ވެސް ކޮށްފަ އެވެ.

ޑެންޕަސާރްގެ 26 ކިލޯ މީޓަރު ދެކުނުން 124 ކިލޯ މީޓަރު އަޑިއަށް އައި އެ ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނުކަމަށް މައުލޫމާތެއް މިހާތަނަށް ރިޕޯޓްކޮށްފައެއްނުވެ އެވެ.

(މެއިލް އޮންލައިން)

comment ކޮމެންޓް