ތޮއްޔިބުގެ ބަންދަށް އަށް ދުވަސް ޖަހައިފި

ތައްޔިބު ---

ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރި ސޯޝަލް މީޑީއާ އެކްޓިވިސްޓެއް ކަމަށްވާ، ތޮއްޔިބު ޝަހީމްގެ ބަންދަށް އަށް ދުވަސް ޖަހައިފި އެވެ.

ތޮއްޔިބުގެ ބަންދަށް އަށް ދުވަސް ޖަހާފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ބަންދަށް މިއަދު އަށް ދުވަސް ޖަހާފައިވަނީ ރާއްޖޭގައި މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަންއާއި އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ.

ރޭ ތޮއްޔިބު ހައްޔަރުކޮށްފައިވާއިރު، ރޭގެ ވަގުތެއްގައި އޭނާ ވަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ދެމީހެއްގެ ބެލުމުގެ ދަށުން އާރަށުގެ ވީވީއައިޕީ ބަންގަލޯއަށް ސައުދީ ހެލިކޮޕްޓަރުން 12 ކަޅުފޮށި އަދި އެއް ސިލްވާ ފޮށި ވެއްދިކަމަށް ބުނެ ޓްވީޓުކޮށްފަ އެވެ.

ތޮއްޔިބުގެ ބަންދަށް އަށް ދުވަސް ޖަހާފައިވާއިރު، އިއްޔެ ވަނީ ސައުދީ ރަސްގެފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށް ހުރަސްއަޅަން އުޅޭ ކަމުގެ ތުހުމަތުގައި އެމްޑީޕީ ހަރުގެ ބަލައި ފާސްކޮށް ފޮތި ފޭލިތަކެއް ގެންގޮސްފަ އެވެ.

އޭގެ އިތުރުން ފ. އަތޮޅުގައި ހިންގަން އުޅޭ ކަމަށް ބުނާ މަޝްރޫއާ ދެކޮޅު ހަރަކާތަށް ތަކެތި ތައްޔާރުކޮށްދޭ ކަމުގެ ތުހުމަތުގައި ކުރީގެ ފިލްމީތަރި މުހައްމަދު ޝާވިން އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

comment ކޮމެންޓް