ބަޔަކު ފާހަގަ ނުކުރިއަސް އެސްޓިއޯއިން ޒިދާންގެ ކާމިޔާބީ ފާހަގަކޮށްފި

ޒިދާންގެ ކާމިޔާބީ އެސްޓީއޯއިން ފާހަގަ ކުރުން--ފޮޓޯ/ އެސްޓިއޯ ފޭސްބުކް ޕޭޖް

ސްރީ ލަންކާގެ ކުރުނެގަލާ ޑިސްޓްރިކްޓްގެ ކުލިޔަޕިޓިޔާގައި މިމަހު 1-4 އަށް ބޭއްވި، ގިމަހާ ސައުތު އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް އަދި 41 ވަނަ ކަރާޓޭ ކުމިތޭ ޗެމްޕިއަންޝިޕްގެ 21 އަހަރުން ދަށުގެ 60-70 ކިލޯގެ ބައިން ރަން މެޑަލް ހޯދި މުހައްމަދު ޒިދާންގެ ކާމިޔާބީ ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓިއޯ)އިން ފާހަގަކޮށްފިއެވެ.

ޒިދާންއަކީ އެސްޓިއޯގެ ސާވިސް ސަޕޯޓް ޓެކްނީޝަނެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެކެވެ.

ޒިދާންގެ ކާމިޔާބީ ފަަހަގަ ކުރުމަށް އިއްޔެ ބޭއްވި ކުޑަ ހަފްލާގެ ފޮޓޯތައް ފޭސްބުކް ގައި ހިއްސާ ކުރަމުން އެސްޓީއޯގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ޒިދާން ހޯދި ކާމިޔާބީއާ މެދު އެ ކުންފުނި ފަހުރުވެރިވާކަމަށެވެ.

ޒިދާންގެ ކާމިޔާބީ އެސްޓީއޯއިން ފާހަގަ ކުރުން--ފޮޓޯ/ އެސްޓިއޯ ފޭސްބުކް ޕޭޖް

ޒިދާންގެ އިތުރުން މި މުބާރާތުގައި ރާއްޖޭގެ ޓިމުންވަނީ 9 ރަން މެޑެއްޔާއި 8 ރިހި މެޑަލް އަދި 1 ރަންވަންލޯ މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ މިމުބާރާތުގެ ދެ ވަނަ ވެސް ހޯދައިފައެވެ. އެއްވަނަ ސްރީލަންކާއަށް ލިބުނުއިރު ތިން ވަނަ ލިބުނީ އިންޑިޔާއަށެވެ.

މިކާމިޔާބީއަށް ފަހު ޒިދާން ސަންސްޕޯޓްސްއަށް ކުރިން ބުނެފައިވަނީ ބައިނަލްއަގުވާމީ ކަރާޓޭ މުބާރާތަކުން ރަން މެޑަލް ލިބުނީތީ އުފާ ކުރާ ކަމަށާއި މިއީ މުޅި ގައުމަށް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ.

comment ކޮމެންޓް