ބައިނަލްއަގުވާމީ ކަރާޓޭ މުބާރާތަކުން ރާއްޖެއަށް ބައިވަރު މެޑަލްތަކެއް

ގިމަހާ ސައުތުއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ ތެރެއިން- ރާއްޖެވަނީ މި މުބާރަތުގެ ދެވަނަ ހޯދާފައި--ފޮޓޯ/ ޒިދާން

ސްރީ ލަންކާގެ ކުރުނެގަލާ ޑިސްޓްރިކްޓްގެ ކުލިޔަޕިޓިޔާގައި މިމަހު 1-4އަށް ބޭއްވި، ގިމަހާ ސައުތު އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް އަދި 41 ވަނަ ކަރާޓޭ ކުމިތޭ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުން ގިނަ އަދަދެއްގެ މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓިމުންވަނީ 9 ރަން މެޑެއްޔާއި 8 ރިހި މެޑަލް އަދި 1 ރަންވަންލޯ މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ މިމުބާރާތުގެ ދެ ވަނަ ވެސް ހޯދައިފައެވެ. އެއްވަނަ ސްރީލަންކާއަށް ލިބުނުއިރު ތިން ވަނަ ލިބުނީ އިންޑިޔާއަށެވެ.

ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ރަން މެޑަލް ހޯދާފައިވަނީ އަލީ ފާރިޝް، އަހްމަދު މަހުދީ ،އަހްމަދު ފަޒީލް، އިބްރާހީމް ޒުހައިރު، ޝާހިސް އަހްމަދު ވަހީދު، ހުސައިން ޒާހިރު ،މުހައްމަދު ޒިދާން، އަދި އަޝްފާޤް އުޘްމާނެވެ. ރާއްޖޭގެ އަންހެން އެތުލީޓަކުވެސް ވަނީ މި މުބާރާތުގައި ރަން މެޑަލް ހޯދާފައެވެ. ރަންމެޑަލް ހޯދި އަންހެން އެތުލީޓަކީ އައިޝަތު ތާނީއެވެ.

ގިމަހާ ސައުތްއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ ތެރެއިން- މި މުބާރަތުގެ ދެވަނަ ރާއްޖެވަނީ ހޯދާފައި--ފޮޓޯ/ ޒިދާން

މި މުބާރާތުގެ 21 އަހަރުން ދަށުގެ 60-70 ކިލޯގެ ބައިން ރަން މެޑަލް ހޯދި މުހައްމަދު ޒިދާން، ސަން ސްޕޯޓްސްއާ ވާހަކަދައްކަމުން ބުނީ، ރާއްޖޭން ބައިވެރިވި ފުރަތަމަ ބައިނަލްއަގުވާމީ ކަރާޓޭ މުބާރާތުގައި ރަން މެޑަލް ލިބުނީތީ އުފާ ކުރާ ކަމަށާއި މިއީ މުޅި ގައުމަށް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ.

"ވަރަށް ފަހުރުވެރިވެފަ މިހުރީ ގައުމަށް މިވަރު ކާމިޔާބީއެއް ހޯދައިދެވުނީމަ،" ޒިދާން ބުންޏެވެ.

މި މުބާރާތުން މެޑަލް ހޯދި ރާއްޖޭގެ އެތުލީޓުން:

ހުސެއިން ޒުހައިރު - ސިލްވާ މެޑަލް

  • ކެޓަގަރީ 70-65 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 5-4

އަލީ ހައިޝަމް – ސިލްވާ މެޑަލް

  • ކެޓަގަރީ 70-65 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 5-4

އައިމަން އަހްސަން – ބްރޯންޒް މެޑަލް

  • ކެޓަގަރީ 70-65 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 5-4

އަލީ ފާރިޝް – ގޯލްޑް މެޑަލް

  • ކެޓަގަރީ 90-80 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 5-4

އިސްމާއިލް ޒާހިރު – ގޯލްޑް މެޑަލް

  • ކެޓަގަރީ 80-70 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 5-4

އަހުމަދު ފަޒީލް – ގޯލްޑް މެޑަލް

  • ކެޓަގަރީ 80-70 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 7-6

މުހައްމަދު ޝާން ހަސަން – ސިލްވާ މެޑަލް

  • ކެޓަގަރީ 60-50 ކިލޯގުރާމް
  • ޖޫނިއާ
  • ކިއު ލެވެލް 7-6

އިބްރާހިމް ޒުހައިރު – ގޯލްޑް މެޑަލް

  • ކެޓަގަރީ 70-65 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 7-6

އަހުމަދު މަހުދީ – ގޯލްޑް މެޑަލް

  • ކެޓަގަރީ 90-80 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 9-8

ހުސެއިން އާތިފް – ސިލްވާ މެޑަލް

  • ކެޓަގަރީ 70-65 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 9-8

ޝާހިދު އަހުމަދު ވަހީދު – ގޯލްޑް މެޑަލް

  • ކެޓަގަރީ 70-65 ކިލޯގުރާމް
  • 21 އަހަރުން މަތި
  • ކިއު ލެވެލް 9-8

މުހައްމަދު ޒިދާން – ގޯލްޑް މެޑަލް

  • ކެޓަގަރީ 60-50 ކިލޯގުރާމް
  • ސީނިއާ
  • ކިއު ލެވެލް 9-8

އަހުމަދު ޒާޖީ – ސިލްވާ މެޑަލް

  • ކެޓަގަރީ 50-40 ކިލޯގުރާމް
  • ޖޫނިއާ
  • ކިއު ލެވެލް 9-8

އަހުމަދު ރިވާޖް – ސިލްވާ މެޑަލް

  • ކެޓަގަރީ 70-60 ކިލޯގުރާމް
  • 21 އަހަރުންމަތި
  • ކިއު ލެވެލް 9-8

އަޝްފާގް އުސްމާން – ގޯލްޑް މެޑަލް

  • ކެޓަގަރީ 90-80 ކިލޯގުރާމް
  • 21 އަހަރުންމަތި
  • ކިއު ލެވެލް 9-8

އައިޝަތު ތާނީ – ގޯލްޑް މެޑަލް

  • ކެޓަގަރީ 60-50 ކިލޯގުރާމް
  • 21 އަހަރުންމަތި
  • ކިއު ލެވެލް 9-8

ރަހިޔާ މުހައްމަދު – ސިލްވާ މެޑަލް

  • ކެޓަގަރީ 60-50 ކިލޯގުރާމް
  • 21 އަހަރުންމަތި
  • ކިއު ލެވެލް 9-8

ފާތިމަތު ޝާހާ ހަސަން – ސިލްވާ މެޑަލް

  • ކެޓަގަރީ 50-40 ކިލޯގުރާމް
  • ސީނިއާ
  • ކިއު ލެވެލް 9-8
  • ގޯލްޑް މެޑަލް އެއްވަނަ ސްރީ ލަންކާ
  • ގޯލްޑް މެޑަލް ރަނަރަޕް ދެވަނަ ދިވެހިރާއްޖެ
  • ސިލްވާ މެޑަލް ރަނަރަޕް ތިން ވަނަ އިންޑިއާ
comment ކޮމެންޓް