ސާދަ ސްކޫލަކުން 68 ޓީމު ވާދަކުރާ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށަން ނިންމާ މުބާރާތުގެ ގުރުއަތުލުން މިއަދު ބާއްވާ ގޮތައް ހަމަޖައްސައިފިއެވެ.
ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނެފައި ވަނީ މި މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ އެކަކުން ފެށިގެން 17 އަށް ކަމަށެވެ.
އެ މުބާރާތުގައި މި އަހަރު އަތޮޅު ތެރޭގެ ސްކޫލުތަކުން ވެސް ބައިވެރިވާގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ޓީމުތައް ވާދަކުރަނެ އުމުރު ފުރާތަކަކީ 12 އަހަރު 14 އަހަރު އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.
މިދިޔަ އަހަރު ބޭއްވި އިންޓަރ ސްކޫލު މުބާރާތުގައި 36 ޓީމު ވާދަ ކުރިއިރު މި އަހަރުވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. މުބާރާތުގެ ގުރުއަތުލުން އޮންނާނީ މިއަދު ހަވީރު 16:00 ގައި ޒުވާނުންގެ މަރުކަޒުގައެވެ.