ނައިޖީރިއާ ރައްޔިތުން އެމެރިކާއަށް ނުދިޔުމަށް ނައިޖީރިއާ ސަރުކާރުން އިލްތިމާސްކޮށްފި

ނައިޖީރިއާ ރައްޔިތުން އެމެރިކާއަށް ނުދިޔުމަށް ނައިޖީރިއާ ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ -- ފޮޓޯ: ގެޓީ

އަބޫޖާ (މާޗް 7): ނައިޖީރިއާ ރައްޔިތުން އެމެރިކާއަށް ނުދިޔުމަށް ނައިޖީރިއާ ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

ނައިޖީރިއާ އަކީ އެމެރިކާއަށް ދިޔުން އިއްޔެ މަނާ ކުރި ހަ ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫނެވެ. ނަމަވެސް އެމެރިކާ އިން ވަނީ ވިސާއާއެކު އެގައުމަށް ދިޔަ ނައިޖީރިއާގެ ބައެއް ރައްޔިތުންގެ ވިސާ ކެންސަލްކޮށް، އެމީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ކަމަށް ނައިޖީރިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން މިދިޔަ މަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއިން ނައިޖީރިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާ ރައްޔިތުން އެގައުމަށް ނުދިޔުމަށް އިލްތިމާސްކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އިރާގް، ސީރިއާ، ލީބިއާ، ޔަމަނު، އީރާން، ސޫދާން އަދި ސޯމާލިއާގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ ރިޔާސީ އަމުރެއްގައި ސޮއި ކުރައްވާފަ އެވެ. މީގެ ކުރިން ނެރުނު އެފަދަ ރިޔާސީ އަމުރާ ހިލާފަށް، މިފަހަރު އެމެރިކާއަށް ދިޔުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި އިރާގު ނުހިމެނެ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް