ގއ. ވިލިނގިލިން ކަރަންޓު ގޮސްފި، މިރެއާ ހަމައަށް ކަރަންޓު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް

ގއ. ވިލިނގިލި: މުޅި ވިލިނގިލިން ވަނީ ކަރަންޓު ކެނޑިފައި ---

ރޭ ފަތިހުން ފެށިގެން މުޅި ގއ. ވިލިނގިލިން ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައި ވަނީ ކުއްލިގޮތަކަށް ރޭ ފަތިހު ޖަނެރޭޓަރެއްގެ ފޭން ހަބެއް ހަލާކުވުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ، ވިލިނގިލީ އިނޖީނުގޭގައި ހުރި ޖެނަރޭޓަރު މަރާމާތުކުރުމަށްޓަކައި ގދ. ތިނަދޫ އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއްގެ ފޭން ހަބު އެރަށަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވިލިނގިއްޔަށް ކަރަންޓު ދިނުމަށް ބޭނުންކުރަނީ 550 ކިލޯ ވޮޓާއި 800 ކިލޯ ވޮޓު އަދި 880 ކިލޯ ވޮޓުގެ ޖަނެރޭޓަރެކެވެ. ހަލާކުވީ 800 ކިލޯ ވޮޓުގެ ޖަނެރޭޓަރުގެ ފޭން ހަބު ކަމަށް ޝަރީފް ވިދާޅުވިއެވެ.

މުޅި ރަށުން ކަރަންޓު ކެނޑުނު ނަމަވެސް އެރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ކަރަންޓުގެ ޚިދުމަތް ކެނޑިފައެއް ނުވެއެވެ.

comment ކޮމެންޓް