Sun Online

ކޮޓެޖް

ލިޔުނީއައިޝާ ނަސީމް

"ރަފައެލް. ކޮންމެހެން މާ ރަގަޅު ޑޮކްޓަރަކަށްވެގެން އެންމެނަށް ތިމާވަރުގެ މާތް މީހަކު ނެތްކަމަށް ދައްކައިގެން ހުންނާނެކަމެއްނެތް. އަސްލު ކުލަ ދައްކާނުލާ ހުރުމުގެ މާނައެއްނެތް. ލެންވިއްޔާ ހުރި ސިފަތައް އެންމެނަށް އަންގައިގެން އުޅެނީ. ހުރިހާ ނުބައި ސިފަތަކާއިއެކުވެސް ލޯބިވާމީހުން ލޯބިވާނެ. ތީ ފޭކް މީހެއް. ލެން ހައިރާންވާނެ ރަފައެލް ކުރިކަންތައް އެނގިއްޖެއްޔާ........." އަމީރާގެ ވާހަކަތަކުން އެތަނުގައި ފެތުރިގެން ދިޔަ ހިމޭންކަން ގަރުނަކަށް ދިގު ދެމިގެން ދިޔަހެން ހީވިއެވެ. އެންމެ ފަހު ޖުމްލަތައް އެތަނަށް އައިސް ހުއްޓުނު އެހެން މީހަކަށް އެނގިގެން އޭނަވެސް ބަލައިލީ އެހާ ހައިރާންވެފައި ހުރެގެންނެވެ. ރަފައެލް ހަމަ ރަގަޅަށްވެސް އޭނަގެ ފަހަރިއާއި ގަދަކަމުން ބެހުނީހެއްޔެވެ؟

"އެމީ ވަޓް ޑިޑް ޔޫ ޖަސްޓް ސޭ.........."

"އާނ މައިކަލް. ކޮންމެހެން ހައިރާން ވެގެން ގަބޫލުނުކުރާގޮތަކަށް ބަލާނެކަމެއްނެތް. ޔޯ ބެސްޓްފްރެންޑް އިޒް ނޯ އެންޖެލް. ހީ ރޭޕްޑް މީ ބްރޫޓަލީ. އާސްކް ހިމް......" އަމީރާ ހަށަންބަދެލިއެވެ. އެވަގުތު ރަފައެލްއަށް ލިބުނު ޝޮކް އެންމެނަށްވުރެ ބޮޑުވިއެވެ. އޭނަގެ އަތް ވައިގެ ތެރޭގައި ހަރަކާތްކުރީ އަމީރާގެ މޫނުމަތީގައި ޖެހުމަށެވެ. ނަމަވެސް ވަރަށް އަވަހަށް ރުޅި ކޮންޓްރޯލްކޮށް އޭނަ ތަބައް އެތިފަހަރެއް ވީއްލާލިއެވެ.

"ލަދުކުޑަ އަންހެންކުއްޖެއް. ކީކޭ ހިތަށް އަރައިގެން ދޮގުހަދަން ތިއުޅެނީ؟ މޮޔަވީތަ؟ އަހަރެން ނޫޅެމޭ އަމީރާ ތީ ކާކުކަން ނޭގިގެން. ހަމަހޭހުރެގެނެއް އަހަރެންގެ ކޮއްކޮގެ އަންހެނުންގެ ގަޔަކު އަތެއް ނުލާނަން. ތިހާވަރުގެ ބޮޑު ދޮގެއްހެދިއިރު މާތްރަސްކަލާގެ މަތިން ހަނދާނެއްނެތްތަ؟ ބިރެއްވެސް ނުގަނޭތަ؟ އަހަރެން އެއްގޮތަކަށްވެސް ހީނުކުރަން ތީ ބޮޑު ދޮގުވެރިއެއްކަމަށް. މީހަކު ބުނިނަމަވެސް ގަބޫލުނުކުރީމު. އެކަމަކު ތިން ފިރިހެނުން ކުރިމަތީގައި ބޮޑު ދޮގެއްތިހެދީ. ލޫސިއާންގެ ހިތް އަހަންނާއިމެދު ނުބައި ކުރުން ދޯ ބޭނުމަކީ؟ އަހަންނަށް ހެޔޮ ލޫސިއާން ގަބޫލުނުކުރިޔަސް ނުކުރިޔަސް އައި ޑޯންޓް ގިވް އެ ޑޭމް...."ރަފައެލް ދުވަހަކު އެހާގަދަޔަށް ރުޅިއައިކަމެއް ނޭގެއެވެ. އަމީރާ އެހެދި ދޮގުން އޭނަގެ ހިތުގައިވާ ލޯބިވެސް އެއްކޮށް ނެތިގެން ދިޔަކަހަލައެވެ. ބާރުބާރަށް ހިގާފައިގޮސް ކޮޓަރިއަށްވަދެ ޝަވަރުދޮށުގައި ހުއްޓުނުއިރަށް ރުޅިފިލާ އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުންތައް އެ ހިތް މުޅިން ފާރުކޮށްފިއެވެ. އެރީތި ދެލޮލުން އޮހިގަތް ކަރުނަތައް ފެނާއިއެކުވާން ފެށިއެވެ. އަމީރާ އޭނަދެކެ ނަފްރަތުކުރިޔަސް އެހިސާބަށްގޮސްދާނެ ކަމަކަށް އޭނަހިޔެއް ނުކުރެއެވެ.

އަމީރާ އޭނަގެ ހިތަށް އެތައް ހާސް ޚަންޖަރެއް ޖެހިޔަސް އެވަރަށް ލޭ ނުއޮހެރޭނެއެވެ. ހާސްފަހަރު މަރުވުމެކޭ ތަފާތެއްނެތެވެ. ހިތަށް ދުވަހަކު އެހާބޮޑު އަސަރެއްކުރާނެކަމެއް ނޭގެއެވެ. އަމީރާއާއިމެދު އޭނަދެކެމުން އައީ "އެންޖެލް" އެއްކަމުގައެވެ. އޭނަގެ ހިތުގެ މަލިކާއެވެ. ފުރާނައެވެ. އޭނަގެ ލޯތްބެވެ. ދިރިހުރުމުގެ އުއްމީދެވެ. ހުރިހާ އުފަލެއްވެސް މެއެވެ. ނަމަވެސް އަމީރާ އޭނަގެ ބޮލުގައި އެއެޅުވީ ކޮންފަދަ ބަދުނާމެއްހެއްޔެވެ؟

މައިކަލް ހުރީ ވަރަށް ބޮޑަށް ނުރުހި ބުމަ ކައިރިކޮށްލައިގެންނެވެ. އަމީރާގެ ވާހަކަތައް އޭނަ އެއްގޮތަކަށްވެސް ގަބޫލުކުރިހެން ހިޔެއްނުވެއެވެ.

"އަމީރާ. ރަފައެލް ކަހަލަ މާތް މީހަކާއި ބެހޭގޮތުން ތިކަހަލަ ބޮޑު ދޮގެއްހެދީ ކީއްވެތަ؟ އެނޫން އެއްޗެއްވެސް ބުނެވިދާނެ ދޯ. ރޭޕްކުރީއޭ. އަހަންނަށް ހުވާކުރަންވެސް ކެރިދާނެ ރަފައެލް ނުކުރާނެކަން. ރަފައެލް އެހާ ދަށުދަރަޖައަކަށް ނުވެއްޓޭނެ. އޭނަ ބޭނުން ކޮންމެ އަންހެންކުއްޖަކު ލިބޭނެ....." މައިކަލް ޔަގީންކަމާއިއެކު ރަފައެލް ދިފާއުކުރުމުން އަމީރާގެ ހިތަށް އަސަރުކޮށް ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. އޭނަގެ ބޭބެއެއްފަދަ މައިކަލްވެސް އޭނަގެ ވާހަކަތައް ގަބޫލެއްނުކުރިއެވެ. ރަފައެލްގެ ކުށެއް އެއްވެސް މީހަކަށް ނުފެންނާނެއެވެ. ލޫސިއާންވެސް އެހެރީ އެހާ މައިތިރިވެފައެވެ. ލޫސިއާންއަށްވެސް ހީވީ އޭނަ ދޮގުހެދީކަމުގައިބާވައެވެ.

"މައިކަލްގެ ހާފް ބްރަދަ ވީމަ ދިފާއުކުރަން އައީ ދޯ.........ނޮޓް ބޭޑް........"ލޫސިއާން ކޮފީތަށި ތުނބުގައި ޖަހާފައި ހޫނު ކޯވަރެއް ދަމާލައިފިއެވެ.

"ހޫމް ލޫސިއާން. ހާފްބްރަދާއަކަށް ވުރެ މާ ކްލޯޒް. އެހާ ރަގަޅު ފްރެންޑެއް މީހަކަށް ނުލިބޭނެ، އަމީރާ އިތުރުމީހެއްގެ ކައިރީ ތި ފޭކް ޚަބަރު ނުކިޔައިފިއްޔާ ދެން ރަގަޅީ. އޭރުން އެންމެން އަމީރާއަށް ކުރި އިތުބާރު ގެއްލިގެން ހިގައިދާނެ. ނޫސްވެރިންނަކީ ވަރަށް ޒިންމާދާރުބަޔެއް. ޒިންމާދާރުކަން ބޮޑުކޮށް ނޫސްވެރިކަން ކުރާނީ. އެއްއިރެއްގައި ޑެޑް ބޮޑީއެއް ފެނިއްޖެއޭ ކިޔާފައި އަމީރާ ނޫހުގައި ދޮގު ޙަބަރެއް ލިޔުނުގޮތަށް ތަންދޮރު ބަލައިނުލާ މީހުންގެ އަބުރާއި އިއްޒަތަށް އަރާކަށް ނުވާނެ އިނގޭ. އެއީ އާދައިގެކަމެއްނޫން. ކޯޓަކުން އަތް ނުފޯރާވަރަށް ޖޫރިމަނާވެސްކޮށްފާނެ އިނގޭ. އެނީވޭސް ފަހަރިއަށްވާތީ މާފުދީފިން........." މައިކަލް މަލާމާތުގެ ފާޑަށް ހީލައިފިއެވެ.

"އަހަންނަކީ މައިކަލްގެ ފަހަރިއެއްނޫން.." އަމީރާ ތުންފިތައިލިއެވެ.

"ފަހަރިއަކަށް ނުވާނެ އެއްވެސް ގޮތެއްނެތް. އެކަމާއި ރުހުނަސް ނުރުހުނަސް އެކަން އޮންނާނީވެސް އެގޮތަށް.." މައިކަލް ހިނިގަނޑެއް ޖަހައިލިއެވެ.

"ހެނާ އެއް ދެން ނާންނާނެ މައިކަލް ކައިރިއަށް...." އަމީރާ ބާރަކަށް ކިޔައިލުމުން މައިކަލް އެކަމާއި ބެހޭގޮތުން އިތުރު ވާހަކައެއް ދައްކަން ބޭނުންނުވިއެވެ. މައިކަލްގެ ބެލުމުގައި ހުރި ފޮނިކަމާއި ބޮޑާކަމުގެ ސަބަބުން އަމީރާ ހައިރާންވިއެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރުވެސް ވަރަށް ބޮޑުކަމަށް އޭނަގެ އުޅުމުންވެސް ދައްކުވާދެއެވެ.

"މައިކަލް މިގެއަށް އައުމުގެ ބޭނުމަކީ ކޮބާ؟ ބަފާގެ ގެއަށް ވިޔަސް އަދި ތިހެން ނުވަދެވޭނެ...." ކުއްލިއަކަށް ލޫސިއާންގެ ރުޅިގަނޑުހިލޭގޮތްވިއެވެ. މައިކަލްއާއި ދިމާލަށް ކުރިއަށް އެއް ފިޔަވަޅު އަޅާފައިވެސް ބައްޕަގެ އިންޒާރު ހަދާންވިއެވެ. ރަފައެލްގެ އެއްބަފާ މީހަކަށްވުމުން އެގެއިން އަބަދުވެސް މަރުހަބާ ކިޔާނެކަން ލޫސިއާންއަށް ޔަގީންވިއެވެ. އޭނައަކަށްވެސް މައިކަލް ނުހުއްޓުވޭނެއެވެ. ލޫސިއާންއަށްވުރެ މިގޭގެ މައްޗަށް ވެރިކަން ކުރުމުގެ ހައްގު މައިކަލްއަށް ލިބިގެންވެއެވެ.

"ލޫސިއާން. ތިހެން އެހީމަ ބުނެފާނަން. އަހަރެންގެ ގެ ކުޑަ މަރާމާތެއް ކުރާތީ މިގެއަށް ބަދަލުވާންވެގެން މިއުޅެނީ. ރަފައެލްއޮތީ މިގޭގައި ހުރުމުގެ ހުއްދަދީފައި. ވީކެއް ވަރުކަން ނޭގޭވާނީ. އެނީ އޮބްޖެކްޝަންސް؟ " މައިކަލް އެއްބުމަ އަރުވައިލިއެވެ. ރުޅިގަދަވެގެންގޮސް ގައިން ދުންއަރާވަރު ވީއިރުވެސް ލޫސިއާން ކެތްކުރިއެވެ. މައިކަލްވެސް އިތުރަށް ޖަދަލުކުރާކަށް ނަހަދާ ވަރަށް ހަމަޖެހިލައިގެން ހުރެ ވަނީ އަމިއްލަ ގެފަދައިންނެވެ. ވާނީވެސް އެހެންނެވެ. ނާޒިމްގެ ދަރިއެއްކަން އެނގުމަށްފަހު މައިކަލް އެހެރީ ތިމާގެ ގެކަމަށް ހަދައިގެންނެވެ.

މައިކަލް އެގޭގައި އުޅުމުގެ ސަބަބުން ނަބީލާއާއި މިހުރީޒުއާއި މައިކަލްގެ ގުޅުން އިންތިހާއަށް ބަދަހިވިއެވެ. އެންމެން އެކީގައި ކައި ބާބެކިއު ހަދާ އުޅޭއިރު އެއް އާއިލާފަދައެވެ. ނަބީލާވެސް އަމިއްލަ ދަރިއެކޭ މައިކަލް ތަފާތެއްނުކުރެއެވެ. އެހެން އެވަނީ ނާޒިމްއާއިމެދު މަންމަގެ ހިތުގައި އޮތް ލޯތްބަކާއި ގަދަރުންކަމުގައި ރަފައެލްއަށް ހީކުރެވުނެވެ. އަމީރާ ހުރީ ޝައްކެއްގެ މަތީގައެވެ. ނަބީލާގެ ހިތުގައި މައިކަލްއަށްޓަކާ އެހެން ވިންދެއްޖަހަން ފެށީހެއްޔެވެ؟ އެހާ ރީތި ފިރިހެނަކަށްވުމުން ކޮންމެ އުމުރެއްގެ މީހެއްގެވެސް ހިތުގައި އަޅައިގެންފާނެއެވެ. ނަބީލާގެ އެއުމުރުގެ ދަރިން ތިއްބަސް އެއީ މައްސަލައެއްނޫނެވެ. އެދުވަސްކޮޅު ރަފައެލްއާއި މައިކަލް ޗުއްޓީ ހޭދަކޮށްލަން ކަމުގައިބުނެ ބޭރު ގައުމަކަށް ފުރިއެވެ. އަމީރާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ އެގެއިން ރަފައެލް ދިޔުމުންނެވެ. ހަފްތާތައް މާޒީގެ ތެރެއަށް ވަންނަމުންގޮސް އެންމެފަހުން މައްސަރެއް ފާއިތުވެގެން ދިޔައިރު އަމީރާގެ ދަރިފުޅު ޖުއާންއާއި އަމީރާގެ ގުޅުން މަޑުމަޑުން ރަގަޅުވަމުންގޮސް އެދަރިފުޅު އުރާލާ ނިންދަވާ ހަދަން ފެށުނެވެ. ޖާދިން ހުންނަނީ ކާފަގެ ބެލުމުގެ ދަށުގައިކަމަށްވާތީ ނަސީބަކުން އެކުއްޖާގެ އުދަގުލެއްނުފޯރައެވެ. ނަމަވެސް އަމީރާ އެދަރިފުޅުދެކޭހިތްވެސް ވާންފެށިއެވެ. އެހުންނަ ނުލަފާކަމާއި ނޭއްގާނިކަންވެސް އޭނަގެ ލޯބިން ރަގަޅުކުރެވިދާނެކަން ނޭގެއެވެ.

އަމީރާ ހޮޑުލެވެން ފެށުމުން އޭނަ ކިޓެއްގަނެގެން ޓެސްޓްކުރިއިރު ޕޮޒިޓިވްކަމަށް ދެއްކުމުން ގައިންހީބިހި ނެގިއެވެ. މިހާއަވަހަށް އޭނަ ދެވަނަފަހަރަށް ބަލިވެއިނީހެއްޔެވެ؟ ހަނދާންވީ ރަފައެލް މަތިންނެވެ. ރަފައެލް އޭނައާއި ދިމާކޮށްލީ އަދި އެންމެ "އަންސޭފް ދުވަސްކޮޅު"ގައެވެ. އަމީރާގެ ފޯނަށް އޮވިއުލޭޝަން ކަލަންޑަރު އަޅާފައި ހުރުމުން އޭނައަށް އެއީ އެންމެ ނުރައްކާތެރި ދުވަސްކަން އެނގިފައި އޮތެވެ. ނަމަވެސް ދަރިންކޮޅު މިހާ ކުޑައިރު އެގޮތަށް ބަލިވެ އިނދެފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ދެރަވެގެންގޮސް ލޮލަށް ކަރުނަ ޖަމާވިއެވެ. ލޫސިއާންގެ ކައިރީގައި އެ ޚަބަރު ބުނެފިއްޔާ އޭނަވެސް ހިތާމަކުރާނެ ހެއްޔެވެ؟ ލޫސިއާން މަޖަލަކަށް ހަދާފައި ނަމަވެސް އޭނަ ބާރަ ދަރިން ބޭނުންވާކަމަށް އަބަދުވެސް ބުނެއެވެ. އެއަދަދު ހަމަކޮށްފައި ނޫނީ އޭނަ ހުއްޓާނުލާނީ ހެއްޔެވެ؟ އަމީރާގެ ހިތަށް ކުޅަދާނަނުވެގެން ލޮލުން ކަރުނަ އަންނަންފެށިއެވެ. ކޮޓަރިއަށް ވަންއިރު ލޫސިއާން ފެންވަރާލައިގެން ނުކުންނަނީއެވެ. ތާޒާކަމާއި ރީތިކަމާއިއެކު ދުވާ މީރުވަހުން ކޮޓަރި އެއްވަސްކޮށްލާފައިވެއެވެ. އެކަނި ޖިންސްލައިގެން ހުރިއިރު އެ ހަށިގަނޑުވަނީ ހާމަޔަށެވެ. އުމުރުދުވަހަށް ބަލަން ހުއްޓަސް އަމީރާ ފޫއްސެއްނުވާނެއެވެ.

"ވަޓް ބޭބީ. ތިވަރަށް ބަލަނީ އަހަރެން ލަދުގަންނަވަންތަ؟ " ލޫސިއާން ހީގަނެފާ އަމީރާގެ ކޮލުގައި ހިފާލާފައި މަޑުމަޑުން ގެނެސް މޭގައި ޖައްސާލައިފިއެވެ.

"ލެން. އައިމް ޕްރެގް....އަނެއްކާ..." އަމީރާ ލޫސިއާންގެ މޭގައި މޫނު ޖައްސާލުމާއިއެކު އޮހިގަތްކަރުނަތައް މޭމަތި ތެންމާލައިފިއެވެ.

"އެމީ ރޮނީތަ؟ " ލޫސިއާން މަޑުމަޑުން އަހައިލިއެވެ.

"ލެންއަށް ނޭގޭތަ؟ މިފަހަރު ޕްރެގް ވީ ކީއްވެކަމާއިމެދު ލެން އެއްފަހަރުވެސް ވިސްނާލިނަމަ ތި ސުވާލުކުރާނެހެނެއް ހިޔެއްނުވޭ. ކުރީ ދުވަހު ރަފައެލް އޮފީހުގައި ރޭޕްކުރި ވާހަކަ ބުނީމަ އަމިއްލަ ބޭބެ ވީމަ ލެން އަޅައެއްނުލި. އެހެން ފިރިހެނަކުނަމަ އެގޮތަށް ކެތްކޮށްގެން ނުހުންނާނެ....ލެން. ރަފައެލްއަށް ޖެހޭނެ ހައްގު އަދަބު ލިބެން...." އަމީރާ ކަރުނަތައް ފޮހެލާފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. ރުއިމަކީ ހައްލެއްނޫނެވެ.

"އެމީ. ވަޓް އިފް އައި ސޭ އެދުވަހު އެމީ ރޭޕްކުރީ ރަފައެލް ނޫނޭ. ރަފައެލްގެ ކުށެއްނެތޭ..." ލޫސިއަން އަމީރާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ބުނެލުމާއިއެކު އަމީރާއަށް ވިސްނުނެވެ. އެލޮލުގައިވަނީ ކުށްވެރި އިހުސާސްތަކެވެ. ލޫސިއާން އަމީރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެއާއިއެކު އަމީރާ ބާރުބާރަށް ލުސިއާންގެ މޫނުމަތީގައި އެތިފަހަރެއްޖެހިއެވެ. އެތައްފަހަރު ލޫސިއާންގެ ގައިގާ ޖެހުނެވެ. ރޮއިރޮއިހުރެ ލޫސިއާންއާއި ދިމާލަށް ނުކިޔާކަށް އެއްޗެއްނެތެވެ.

"ރަފައެލްގެ ގައި ތެރެއަށް ވަދެ އޭނަ ލައްވާ އެކަން ކުރުވިޔަސް ދަރިއަކު ލިބިއްޖެއްޔާ އެކުއްޖާވާނީ ރަފައެލްގެ ކަމެއް ނޭގުނެއްނު. ރަފައެލް އެހާ މާތް މީހެއްގެ ބޮލުގައި ކޮންފަދަ ބޮޑު އިލްޒާމެއް އެޅުވުނީ. އަދި އެވެސް މައިކަލް އަޑުއަހަން ހުއްޓާ............ކްރޭޒީ...." އަމީރާ ހުރީ ޝޮކެއްގައެވެ.

"ރަފައެލްއަށް އެކަން އެނގިއްޖެއްޔާ ދުވަހަކު އަހަންނަށް މާފެއްނުކުރާނެ. ޕްލީޒް ނުބުނައްޗޭ އެމީ. އެހެން ކޮންމެވެސް މީހަކު މޫނުމަތީގައި މާސްކެއް އަޅައިގެން އައިސް ރޭޕްކުރީއޭ ބުނޭ. އެމީ ރަފައެލް ކަމުގައި ހީވީޔޭ ބުނޭ. އެދުވަހު ދެމީހުން އެކީގައެއްނު އޮފީހުގައި އުޅުނީ. ދުވަހެއްގެ ކޮޅުންވެސް އެކަން އެނގިއްޖެއްޔާ އަހަރެންގެ މިހިތަށް ހަމަޖެހުމެއް ނުލިބޭނެ ޕްލީޒް ބޭބީ......" ލޫސިއާން މާފަށް އެދުނެވެ. އޭނަގެ އަމިއްލަ ބާރެއްނެތި އެހެން މީހަކު އޭނައަށް ސިހުރުހަދަނީކަމުގައި ޔަގީންކޮށްދޭން މަސައްކަތްކުރިއެވެ. އެހެންނޫންނަމަ އޭނަ އަމީރާދެކެ މިވާ ލޯބި އޭނަ އަމީރާއަށް އަނިޔާކުރާކަށް ފުރުސަތެއްނުދޭނެއެވެ. ލޫސިއާން އެތައް ވަރަކަށް އާދޭސްކުރުމުން އަމީރާއަށް އެކަން ގަބޫލުކުރެވިއްޖެއެވެ. ލޫސިއާންއަށް ސިހުރު ހަދާ އޭނައާއި ވަކިކޮށްލާނެކަމުގެ ބިރު ބޮޑުވިއެވެ. ލޫސިއާން ވަކިވެއްޖެއްޔާ އޭނަ ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ އޭނަ މަރުވެދާނެއެވެ. ހަޔާތަށް އެހެން ބައިވެރިޔަކު ގެންނާނަކަށް އޭނަ ދުވަހަކު ބޭނުމެއްނޫނެވެ. ލޫސިއާންއަށް ސިހުރު ހަދާމީހަކު ހޯދާފައި އެމީހަކަށް ހަރުކަށި އަދަބެއްދޭން އޭނަ ބޭނުންވިއެވެ.

އަމީރާ އާއި ލޫސިއާން އަތުގުޅުވާލައިގެން ހަނދުވަރުގެ ރީތި އަލިން އުފާ ހޯދަމުން ދިޔައިރު ދުވަހަކު ވަކިނުވާން ވައުދުކުރިއެވެ. އަބަދަށްޓަކާ އެކީގައިވާން ދެހިތް ބޭނުންވިއެވެ. އިންސާނަކާއި ޖިންނިއަކަށްވެސް އަބަދަށްޓަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެވިދާނެކަން ދުނިޔެއަށް އަންގަން ހިތް އެދުނެވެ.

ދުވަސްކޮޅެއްފަހުން ރަފައެލްއާއި މައިކަލްވެސް އެނބުރި ކޮޓެޖަށް އަތުވެއްޖެއެވެ. މައިކަލްގެ ގެ މަރާމާތުކޮށް ނިމިއްޖެކަމަށްބުނެފާ އޭނަ ބަދަލީމަ ނަބީލާ ހުރީ ވަރަށް މޫޑީވެފައެވެ. އަބަދާއަބަދުހެން ދައްކަނީ މައިކަލްމަތިން ހަނދާންވާތީ އެވާހަކައެވެ.

މައިކަލްހުރީ އޭނަގެ ގޭގައި ސިހުރަށް ޚާއްސަކޮށްފައިވާ ކޮޓަރީގައެވެ. އޭނަ ވަރަށް ހައިރާންވިއެވެ. އޭނަ އެހާވަރުން ސިހުރު ހެދުމުން މިރޭ އެއްވެސް އަސަރެއްނުކުރީ ކީއްވެހެއްޔެވެ؟ ކޮޓަރީގެ ތެރޭގައި ދުން ކިބަ ބަހައްޓައިގެން ފޮތް ހިފައިގެން އިނދެ ކިޔަވަންފެށުމުން އެއްވެސް ތަނަކުން ޖިންނިއެއް ފާޅެއްނުވިއެވެ. މައިކަލް އަކަތައް ކުރެހީވެސް ފޮތުގައި ހުރި އެއްޗެހި ބަލައިގެންނެވެ.

"ނަތިން. ކިހިނެއްބާ މިވަނީ، އައި ތޯޓް ހެއްދެވިފަރާތަށް ނުއުރެދި ޝައިތާނުން ކޮންޓްރޯލް ކުރެވޭނެކަމަށް. ރަގަޅަށް ނަމާދުކޮށް ރޯދަ ހިފައިގެންވެސް މިކަން ކުރެވޭނެކަމަށް. އެކަމަކު މިހުރިހާ ދުވަހު ނަމާދުކުރަމުން އަހަންނަށް ސިހުރު ހެދުނުގޮތެއްވެސް ބުނާކަށް ނޭގޭ. އެހެން މީހުންނަށް ނުލިބޭ ބާރެއް ލިބިފައިވަނީކަމަށްވެސް ހީކުރެވުނި. މިހާރު މިވީ ކިހިނެއް؟ " މައިކަލް އަތުގައި އޮތް އަނގޮޓީގައި އަތްހާކާލައިފިއެވެ. ކުރިމަތިން މާރިދަކު ފައުޅު ނުވުމުން ތަންކޮޅެއް ބާރަށް އަނގޮޓީގައި އިނގިލި ކާއްތާލިއެވެ. މައިކަލްގެ ނިތްކުރިއަށް ރޫތައް ގިނަވިއެވެ. ކުއްލިއަކަށް ކުރިމަތިން މިހުރީޒް ފެނުމުން މައިކަލްއަށް ސިހުމެއް ލިބުނެވެ.

"ސޮރީ ދަރިފުޅާ. މައިކަލްއަށް އަދި ކިރިޔާ ސިހުރުގެ އޭބީސީ ދަސްވީ....." މިހުރީޒު ހުރީ ހެވިފައެވެ. މައިކަލްގެ މޫނަށް ރަތްކުލަވެރިވިއެވެ.

"އަޅުގަޑަކަށް ނޭގުނު..." މައިކަލް ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

"މައިކަލްއަށް ހީވޭތަ ރަގަޅަށް އުޅޭ މީހަކަށް ސިހުރުހެދޭނެހެން . ސިހުރު ހެދުމަކީ އެންމެ ބޮޑު ފާފައިގެ ތެރޭން ހިމެނޭކަމެއް. އެމީހަކު މަރާލަން ޖެހޭވަރުގެ ނުބައިކަމެއް. ސިހުރުވެރިން ޝައިތާނާ ބުނާހާގޮތަކަށް ހަދަން މަޖުބޫރުކުރާނެ. ޝައިތާނާގެ އަޅެއްގެ ގޮތުގައި އެމީހަކު ހުންނާނީ. އެމީހަކު ހުންނާނީ މަގުފުރެދި ދީނުން ބޭރުވެފާ. މައިކަލް އެހެން މީހުނަށް ސިއްރުން ނަމާދުކޮށް ގުރުއާން ކިޔަވާކަން އަހަރެމެންނަށް އެނގޭ. ނުލަފާ މީހެއްކަމަށް ހެދިގެން ހުރިއިރުވެސް މަޑުފުށްކޮޅެއްކަހަލަ ހިތެއް ލިބިފައިވަނީ. މައިކަލްގެ ކައިރީ އެރޭ މާރިދު އެވާހަކަ ބުނީ ފޯރިއަރާފައި ހުރިވަރުން ހެން ހީވޭތަ؟ އެސިއްރު ބުނުމުގެ ވަގުތު ޖެހުމުން އަހަރެން އޭނައަށް އެންގީ ގޮސް މައިކަލް ކައިރީ އެވާހަކަ ބުނަން. މަންމައަކީ ކާކުކަން އެންގުމުގެ ވަގުތު ޖެހިއްޖެކަމަށް ހިތް ބުނީ. މިހާރު މައިކަލްއަށް އެނގެއެއްނު މަންމައަކީ ކާކުކަން. އެހެން މީހުންނަށް އެކަން ފޮރުވައިގެން ހުއްޓަސް. މައިކަލް އަށް އެނގެއެއްނު އަހަރެން މައިކަލް މަންމަ ދެކެ ލޯބިވާވަރު. އެހެންވެ މައިކަލް ކުޑައިރުއްސުރެން ސަލާމަތުން ރައްކާތެރިކަމާއިއެކު ގެންގުޅެން އަހަރެންގެ ޚައްދާމުންނަށް އަންގާފައި އޮތީ. ފަހުން މައިކަލް އެފޮތްތައް ފެނުމުން ޝައުގުވެރިކަން ފާޅުކުރުމުން އެފޮތްތަކުން އަމަލުކުރަން ނުފަށަނީސް މައިކަލްއަށް ޖިނިން ކޮންޓްރޯލްކުރުވީ އަހަރެންގެ ލަފާގެ މަތިން. އެހެންވެ މައިކަލް މާ ފޮނިވެލާފައި ގަދަކޮށްލާފައި އުޅުނީ. ހިތުން ސިހުރުވެރިއަކަށްވީ. މައިކަލް. ސިހުރުވެރިއަކަށް މިހާރު މިރަށުގައި އުޅެނީ އާތިފު. ހެނާގެ ބައްޕަ......." މިހުރީޒްގެ ވާހަކަތަކުން މައިކަލް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނަމަވެސް އޭނަ އެކަން ފޮރުވާފައި ވަރަށް ހަމަޖެހިލާފައި ހީލައިފިއެވެ. މިހުރީޒް އޭނަ އެ ސަލާމަތްކޮށްދިނީ ހާދަ ބޮޑުކަމަކުންނޭ ހިތަށް އެރިއެވެ. ރަގަޅަށް ސިހުރު ހަދަން ފެށިނަމަ އޭނައަށް ވާނެ ގޮތެއްވެސް ނޭގެއެވެ. ހުރިހާ ޝުކުރެއް ހުރީ ހެއްދެވިފަރާތަށެވެ.

އަމީރާ "ޒުވާން ސިހުރުވެރިޔާގެ ނިމުން" ކިޔާ ވާހަކަފޮތެއް ނެރުމުން އެވާހަކަ ވީ އެންމެންގެ ތެރޭގައި މަގުބޫލުވި އިބުރަތްތެރި ފޮތަކަށެވެ. އެއީ ޖިންނިންނާއި ޖިންނިންގެ ދުނިޔެއާއި ބެހޭގޮތުން މައުލޫމާތު މުއްސަދި ފޮތެކެވެ. އެފޮތް ނެރުމުން މައިކަލް ވަރަށް ހީހީފައި ޖޯކުޖެހިއެވެ. އޭނައާއި ބެހޭގޮތުން ލިޔެފައިދޯ އޭ އަހައިވެސްލިއެވެ. އަމީރާ ބުނީ މައިކަލްގެ ހަގީގަތް އެނގުމުން އެހެން ކަހަލަ އަސަރުތަކެއް ކުރުވިކަމަށާއި ސިހުރުވެރިއެއްގެ ނަމުގައި ހުރުމާއި ހަގީގަތުގައި އެކަންކުރުމާއި ވަރަށް ތަފާތުކަމަށެވެ. ނަބީލާގެ ސަބަބުން ނޫންނަމަ އޭނައަށް އެވާހަކައިގެ ހަގީގަތް އޮޅުމެއްނުފިލީހެވެ.

އެލްސާ ޖުއާން ކޮނޑުމަތީގައި ބާއްވައިގެން ހުރެ މާތައް ބިންނަމުން ދިޔައިރު ޖާދިން ބަގީޗާތެރޭގައި ފުމެފުމެފާ އުޅެއެވެ. ކޮކަޓޫ އިންނަނީ ބިރުންގޮސް ސްޕައިކް ޖައްސާލައިގެންނެވެ. ބައެއްފަހަރު ކޮކަޓޫއަށް ގޯނާއެއްކޮށްލިޔަސް އެއަށް އަނިޔާވާވަރުގެ ކަމެއްކޮށްލާކަށް ޖާދިން ނޫޅެއެވެ. ބޮޑުވަމުން ދިޔަވަރަކަށް ކޮއްކޮއާއިވެސް އަޅާލަންފެށިއެވެ. ނުވީތާކަށް އާޒްއާއިވެސް އެކުވެރިކަން އުފައްދަން ޖާދިން މަސައްކަތްކުރެއެވެ. ޖާދިންއާއި އެލްސާ ވާހަކަދައްކަމުން ދިޔައީ އަދި ނިކަން ލޯބިންނެވެ. އެހެން އުޅެލާފައި އައިސް ޖުއާންގެ އަތުގައި ކުޑަކޮށް ވިކައިލުމުން ޖުއާން ދެލޯ ބޮޑުކޮށްލައިގެން ބަލަންއޮތެވެ.

"ދޮންތީގެ ޖާން. ކޮއްކޮ ދެރަވާނެ ތަދުކޮށްލީމަ. އެހެން ނަހަދައްޗޭ. ހީޒް ޔޯރ ލިޓްލް ބްރަދަރ އޭ. ކޮއްކޮ ދެރަވާނެ ތޮޅެންޏާ. ޖާންއަކީ ދޮންތީގެ ކުޑަ ކުޑަ ސްވީޓްހާޓް......" އެލްސާ ގުދުވެލާފައި ޖާދިންގެ މޫނުގައި ބޮސްދިނެވެ. ޖާދިން އަނގަޔަށް ވައްތަރެއް ޖައްސާލާފައި ހުނެވެ.

އަމީރާ ވަރުބަލިވުމާއި މޭނުބައިކުރުން ކުރީފަހަރަށްވުރެ މާ ބޮޑުވިއެވެ. އޭރު ބަލިވެ އިނުމާއި ހާސްބައި ތަފާތެވެ. އަމީރާ ހުންނަނީ އެންމެނަށް ސިއްރުކޮށްލައިގެންނެވެ. ރަފައެލްގެ ދަރިއެއްކަމަށް ހީވާވަރުން ގަންނަބިރު ވަކިން ބޮޑެވެ. ލޫސިއާންވެސް އެކަހަލަ ނުބައި އަމަލު ހިންގަންޏާ ލިބޭނީވެސް މިފަދަ ސަޒާއެވެ. ހުރިހާވެސް އަނިޔާއެއް އޭނައަށެވެ. އަމީރާ ވައި ޖައްސާލަންވެގެން ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބަލައިލިތަނާ ޖާދިން ފެނުނެވެ. ޖާދިން ފުންމައިގެން އައިގޮތަށް އަމީރާގެ ގައިގާ ޖެހިގަތުމުން ރުޅިއައުމުގެ ބަދަލުގައި ނިކަން ލޯބިން މޭގައި ބޮނޑިކޮށްލިއެވެ.

"މަންމަގެ ކުޑަ ކުޑަ ޑާލިން. ސަކަރާތް ޖަހަޖަހާފައި ވަރުބަލިވީތަ. ބައްޕަ ބުނާހެން ދަރިފުޅު މާ ހައިޕާވެގެން ތިއުޅެނީ........ބަޓް މަންމަ ވަރަށް ލޯބިވޭ އިނގޭ......." އަމީރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އަމިއްލަ ދަރިފުޅާއިމެދު ކަންތައްކުރެވުނު އިހާނެތިގޮތުން އެހިތަށްވަނީ ފުން އަސަރުތަކެއްކޮށްފައެވެ. ކިތަންމެ ބިރުވެރި ސޫރައެއްގައި ވީނަމަވެސް އަމިއްލަ ދަރިފުޅުވާނީ ހަށިގަނޑުގެ އެއްބަޔަށެވެ. ޖާދިން ސިފަބަދަލުކޮށްގެން އުޅެނީއޭ ބުންޏަސް މިއީ މިކުއްޖާގެ އަސްލު ސިފަކަމަށް އަމީރާ ޔަގީންކުރިއެވެ. އޭނަ ބިރުގެންފާނެތީ ލޫސިއާން އޭނަ ހިތްހަމަޖައްސާލަން ބުނި އެއްޗަކީއެވެ. އެންމެ ރަގަޅެވެ. ބީސްޓެއްހެން ހުއްޓަސް އެދަރިފުޅު އޭނަދެކެ ލޯބިވެއެވެ. އެހާބިރުވެރިކޮށް ހުންނައިރު މިހާރު ގާތުން ދިނުމަކީވެސް އަމީރާއަށް އުދަގޫކަމެއްނޫނެވެ. ދެކުދިން ދެފަރާތުގައި ބައިތިއްބައިގެން އެނދުގައި އޮށޯވެލައިގެން އޮންނައިރު ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ހިތަށް ލިބެއެވެ. ކުރިން ކަންތައްކުރެވިފައިވާ ގޮތުން ޖުއާންއަށްވުރެ ބޮޑަށް އިސްކަން ދެވެނީވެސް ޖާދިންއަށެވެ. ޖުއާން އެލްސާއާއި ބޮޑަށް ދޯޅުވި ސަބަބަކީވެސް އެއީއެވެ.

ޒޯހަންއާއި ބައްދަލުކުރަން ހެނާ އެއްބަސްވީ ވަރަށް އާދޭސްކޮށްގެންނެވެ. ޒޯހަންއަށް އިތުބާރުކުރެވުނަސް ހެނާ އެފަދަ ގޮތަކަށް ބައްދަލުކުރާކަށް ހިތެއްނުރުހެއެވެ. އެންމެފަހުން ޒޯހަން އެދުނީ މޫދުކައިރިއަށް އައުމަށެވެ. ހަވީރު ފިންޏަށް އެންމެން ހިނގާއުޅޭތަނެއްގައި ވާހަކަދައްކާލަން ތިއްބަސް އެންމެ ރަގަޅުވާނެކަމުގައި ޒޯހަން ބުނެލިއެވެ. ހެނާ ކަޅުހެދުން ލައިގެން ވައިލެޓް ޝޯލެއް ރީތިގޮތަކަށް އަޅައިލުމަށްފަހު ކުޑަކޮށް އަނދުންއެޅިއެވެ. ކޮޓެޖާއި ދިމާލުން މޫދަށް އެރިގެން ތަންކޮޅަކަށް ދުރަށް ހިނގައިލިތަނާހެން އޭނަގެ އިންތިޒާރުގައި ހުރި ޒޯހަން ފެނުމުން ހެނާގެ ހިތް ތެޅިގަތެވެ. ލަދުގަންނަ ގޮތްވިއެވެ. އެހާ ދުރުންވެސް ޒޯހަން ފެންނަލެއް ހާދަ ސްމާޓެވެ. އެހިސާބުގައި ތިބ އަންހެންކުދިންވެސް އޭނައަށް ފަރިދައްކާ ސަމާލުކަން އަތުލައިގަންނަން މަސައްކަތްކުރާއިރު އެނގޭކަމަކަށްވެސް ނަހަދައެވެ. ހެނާ ޒޯހަންއާއި އަރާ ހަމަކުރުމުންވެސް ޒޯހަންއަށް އެނގުނުކަމަށް ނުވިއެވެ. ހެނާ ޒޯހަންއަށް ގޮވާލުމުން އެނބުރި ބަލައިލާފައި ބައްދާނުލެވުނީވެސް ހަމަ ކިރިޔާއެވެ.

"ޒޭން. ބުނީމެއްނު ދުރުންނޭ އުޅޭނީ..." ހެނާ ރަކިވެފާ ފަހަތަށް ދެތިންފިޔަވަޅު އެޅިއެވެ.

"ސޮރީ ހެނާ. އަހަރެން މާ ކެތްތެރިކަން ކުޑަކޮށްލާފައި ދޯ. ހަމަ ބައްދާލާހިތްވީ ފެނުނީމަ. ރޮމެންޓިކް މީހުންނަށް މިހެންވެސް ވެވޭނެ.....ލޯބިވާ ކުއްޖާ ފެނުނީމަ.....މިއަދު ހާދަ ވިއްސާރައޭ..އިރުއޮއްސޭ މަންޒަރު ވަރަށް ރީތިވާނެ...." އުޑުމަތީގައި ވިލާތައް ނަގަމުން އަންނަ މަންޒަރު ފެނިފާ ޒޯހަން ހިނިތުންވެލިއެވެ.

ހެނާ ރަކިގޮތަކަށް ހީލިއެވެ.

"މީހުން ބަލާވަރުން އުދަގޫވެފަ ދޯ ތިހިރީ؟ " ޒޯހަން ހީލިއެވެ.

"އެމީހުން ބަލަނީ ޒޭންއާއި ދިމާލަށޭ...." ހެނާއަށް އެތޫނު ނަޒަރުން ސަލާމަތްނުވެގެން ދުރަށްބަލަން ޖެހުނީ ރަކި ހީލުމަކާއިއެކުގައެވެ. ދުވަސްގަނޑަކަށްފަހު ޒޯހަން ފެނުމުން އޭނަ ލަދުގަންނަނީ މާ ވަރަކަށެވެ.

"އަހަރެން މިހުރިހާ އިރުވާންދެން ހުރިއިރުވެސް އެކުދިންނަކަށް ނޭގޭ. ހެނާ އައީމަ. ރީތިކޮށް ޑްރެސްކޮށްގެން ހުރީމަ އެކުދިން ޖޭވީކަން ނޭގޭ. ޔޫ ލުކް ސޯ ޕްރިޓީ ބޭބީގާލް...." ޒޯހަން ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު އެއަތުން އެ މޫނާއި އަތުގައި ފިރުމާލާހިތުން ހުރެވުނީއެއް ނޫނެވެ. އޭނަ އިންތިޒާރުކުރަންވީ ކިހާ ދުވަހަކަށްހެއްޔެވެ؟

ޒޯހަންއާއި ހެނާ ވާހަކަދައްކަމުން މަޑުމަޑުން ހިނގާލާފައި ދިޔައެވެ. އިރުއޮއްސުނުއިރު އެކީގައި ސެލްފީނަގާފައި ދެމީހުން ވާހަކަދައްކަމުން ދިޔައިރު މީހުން މަދުވަމުންގޮސް ބީޗް އެއްކޮށް ފަޅުވިކަމެއްވެސް ހެނާއަކަށް ނޭގުނެވެ. ވިއްސާރަވިލާތައް ބޯވަމުންގޮސް އެންމެފަހުން ވިލާތަކަށް ނުހިފެހެއްޓިގެން ވާރޭ ވެހިގަތުމާއިއެކު މީހުން އެއްކޮށް ތެންމާލީ ސަލާމަތްވާނެ އެއްވެސް ފުރުސަތެއްނުދީއެވެ. ހެނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. މިފަދަ ވަގުތެއްގައި އެކަކު އަނެކަކުގެ ހޫނުކަމަށް ބޭނުންވިޔަސް އެކަމަށް އަދި ވަނީ ހުރަސްއެޅިފައެވެ. ޒޯހަން އެހިތްގައިމު ވަގުތު ބަލާފައި ހެނާއަށް ކައިވެނި ހުށަހެޅިއެވެ.

"މެރީ މީ ހެނާ...." ޒޯހަން ޖީބުން ނެގި އަނގޮޓި ހެނާގެ އަތުގެ އިނގިލީގައި އަޅުވާލަދެމުން ވަރަށް ރީތި ހިނިތުންވުމަކާއިއެކު އަހާލިގޮތުން ހެނާއަށް އާއެކޭ ބުނަން މަޖުބޫރުވިއެވެ. ހަޔާތުގައި އެންމެ ޚާއްސަވި އެއްވަގުތުކޮޅެވެ. ހެނާ އާއެކޭ ބުނުމަށްފަހު މާގިނަ ދުވަސްވާންދެން މަޑުކުރާކަށް ޒޯހަން ބޭނުމެއްނޫނެވެ. ދުނިޔެއާއި ހަގުރާކޮށްފައިވެސް އޭނަ ހޯދަން ބޭނުންވާ ލޯތްބަކީ ހެނާއެވެ. އޭނަގެ މުސްތަގުބަލް އުޖާލާވާނީ ހެނާފަދަ އަންބަކު ހުރެގެންނެވެ.

ރަފައެލްއާއިއެކު ކިޔެވި އެހެން ޑޮކްޓަރެއްކަމަށްވާ ޒެނިޔަލްގެ ކޮއްކޮ ޒޭބްގެ ކައިވެންޏަށް އެހީ ނަބީލާއެވެ. ނަބީލާއާއި ޒޭބްގެ މަންމައަކީ ތަންކޮޅެއް ކުރިން އެންމެ ގާތް ދެއެކުވެރިންނެވެ. ވަކިން އުޅުމަށްފަހު ނަބީލާ އެރަށަށް ކުރި ދަތުރުގައި ޒޭބް ފެނުމުން ވަގުތުން ރަފައެލްއާއި އެހާ ގުޅޭ އަންހެންކުއްޖަކު ނެތްކަމަށްބުނެ އެކުއްޖާ ރަފައެލްއަށް ދިނުމަށް އެދުމުން އެއާއިލާއިން ވަގުތުން އެއްބަސްވިއެވެ. ޒޭބްގެ ދީންވެރިކަމާއި ރަގަޅު އަޚުލާގުގެ ސަބަބުން ނުފެންނަ ޒުވާނަކާއި އިންނަން އެއްބަސްވީއެވެ. ރަފައެލްއާއި ނަބީލާ އެވާހަކަދެއްކުމުން ރަފައެލްއަށް ޝޮކެއް ލިބުނެވެ. އެހާ އަވަހަށް ކައިވެންޏެއްކުރަން ބޭނުންނުވާކަމުގައި އޭނަ ބުނުމުން ނަބީލާބުނީ އެވަރުން ކައިވެންޏަށް އެދުމުން މަންމަ ލަދުގަންނަންޖެހޭނެ ކަމަށާއި އެމީހުންނަށްޓަކާ އެކަމަށް އެއްބަސްވުމަށެވެ. ރަފައެލްއަށްވެސް ޒޭބް ނުފެނި ކައިވެނިކުރަން އެއްބަސްވީ ހިތުގައި ހިލަ ބަހައްޓައިގެންނެވެ. ކިތަންމެ ރީތި އަންހެންކުއްޖަކަށްވިޔަސް އޭނައަށް އެހާ ފަސޭހައިން އަންބެއްގެ ގޮތުގައި ބަލައިގަނެވޭނީ ކިހިނެއް ހެއްޔެވެ؟ ހިތަކީ އެހެން މީހެއްގެ ހައްގެކެވެ. ނަމަވެސް މަންމަމެންގެ އިއްޒަތަށްޓަކާ އޭނަ އެކަމަށް އެއްބަސްވިއެވެ. ޒެނިޔަލްއާއި އޮތް ގުޅުމަށް ބުރޫ އަރާފާނެތީ އެކަމާއިމެދުވެސް ރަފައެލް ވިސްނިއެވެ.

ކައިވެނިކުރެވުނު ރޭގައި ރަފައެލްގެ ކުރިމައްޗަށް ޒޭބް ގެނައުމުން ދެމީހުންނަށް ފުރަތަމަ ފަހަރަށް އެކަކު އަނެކަކުގެ ސޫރަ ފެނުނެވެ. ޒޭބްގެ ހިތް ވަގުތުން ފިދާވިނަމަވެސް އޭނަގެ މޫނަށް ވެރިވީ ލަދުވެތިކަމުގެ ރަތްކުލައެވެ. ރަފައެލް ގަދަކަމުން ހީލާފައި ޒޭބްގެ އަތުގައި އަނގޮޓިއެޅުވިއެވެ. ރީތިކަމާއި މައުސޫމްކަމުގެ މިސާލަކަށްވިޔަސް އޭނައަކަށް ޒޭބްއަކާއި ގަޔާވެވޭގޮތެއްނުވިއެވެ. ނަމަވެސް މިހާރު ވާންއުޅޭ އަންހެނުންނެވެ. ގަދަކަމުންވެސް އޭނަ ޖެހޭނީ ވާހަކަދައްކާށެވެ. ހޭށެވެ. ހިތާހިތުން އޭނަ ކަރުނަ އޮއްސާކަމެއް އަމީރާއަކަށްވެސް ނޭގޭނެއެވެ.

ކައިވެންޏަށްޓަކާ މުޅި ގޮނޑުދޮށް އުއްބައްތިތަކުން ދިއްލާލާފައިވާއިރު އެމަންޒަރު ރީތިކަމުން ހުވަފެނީގޮތަކަށް ދައްކައެވެ. އުޑުގައި ވިދާބަބުޅާތަރިތަކާ އެ އުއްބައްތިތައް ވާދަކުރަން އުޅުނަސް އެކަމެއްނުވެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު

ކޮޓެޖް
infinity loading...
×
DB released 01.