ސަމާހް އަދި މާއިޝް ވަކިވެ، ގަދަ 12 ކަށަވަރު ވެއްޖެ

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ޕިއާނޯ ރައުންޑުގެ ފަހު ޝޯއިން ވަކިވި ސަމާހު އަދި މާއިޝް ---

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ޕިއާނޯ ރައުންޑުގެ ފަހު ޝޯއިން ހުސެއިން ސަމާހު އަދި އަހުމަދު މާއިޝް ވަކިވާން ޖެހިއްޖެ އެވެ.

ސަމާހް އަދި މާއިޝް ކަޓާފައި ވަނީ ރޭ ލަވަ ހުށަހަޅައިދިން ބައިވެރިންނަށް ލިބުނު ޖަޖުންގެ މާކުހާއި ބެލުންތެރިންގެ އެސްއެމްއެސް ވޯޓު އެއްކޮށްލުމުން އެންމެ ދަށުން މާކުސް ލިބުމުންނެވެ.

މިރޭ ކުރިއަށްދިޔަ ޕިއާނޯ ރައުންޑުގެ ދެވަނަ ބުރުގައި ލަވަ ހުށަހަޅާފައި ވަނީ ޑުއެޓް އުސޫލުންނެވެ.

މިދިޔަ ހަފްތާގައި ބޭއްވި ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރުން ވަކިވެފައި ވަނީ އަހުމަދު ސައްޔާހު އަދި ޝަނީޒާ ޝަރީފެވެ.

އެ ބުރުގައި ސަލާމަތްވި ގަދަ 12 އެންމެ ފުރަތަމަ ޔަގީންކުރި ބައިވެރިންނަކީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، ޝަޒާ އަބްދުﷲ ރަޝީދު އަދި ޝަމްވީލް މުހައްމަދެވެ.

އަދި މިއަދުގެ ޝޯއިން ގަދަ 12 ޔަގީން ކޮށްފައިވަނީ އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ އަދި އަބްދުﷲ ހިޝާން އެވެ.

މި 12 ބައިވެރިންނާއެކު ދެން އައިޑޮލްގައި ދައްކާނީ ގާލާ ރައުންޑެވެ.

comment ކޮމެންޓް