ބަރަހަނާ ވީޑިއޯ ލީކްވި ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފި

ބަރަނަހާ ވީޑިއޯއެއް ލީކްވި ލ. ގަން ޕޮލިސްޓޭޝަންގެ އިންޗާޖު ވަޒީފާއިން ވަކިކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

ސްޓާފް ސާޖަންޓު ރޭންކުގައި ހުރި އެ ފުލުސް މީހާއާ ގުޅޭ ބަދުއަޚުލާގީ މައްސަލައެއް މީގެކުރިން ވެސް ވަނީ ފެންމަތިވެފައެވެ. މިދިޔަ އަހަރު ގއ. ވިލިނގިލީ ޕޮލިސްޓޭޝަންގައި އޭނާ މަސައްކަތް ކުރި އިރު މީހެއްގެ އަނތްބެއް ކައިރިއަށް ވަދެ އޮއްވައި ފެނިގެން އެރަށު ބަޔަކު ވަނީ އެކަމާ ދެކޮޅަށް މުޒާހާރާކޮށްފައެވެ. އެއަށްފަހު އޭނާ ބަދަލުކުރީ އެއަތޮޅު ގެމަނަފުށީ ޕޮލިސްޓޭޝަނަށެވެ.

ލ. ގަމު ޕޮލިސްޓޭޝަނަށް އޭނާ ހަމަޖެއްސީ ގެމަނަފުށީ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރަމުންދަނިކޮށެވެ.

comment ކޮމެންޓް