އިންތިއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ: އޭނާ އަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައި --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އިތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސުޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންތިއަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އިންތިއަށް މަރުގެ އިންޒާރުދީފައި ވަނީ ވައިބާ މެދުވެރިކޮށެވެ. އުރީދޫ ނަންބަރަކުން އޭނާ އަށް ފޮނުވާފައިވާ ވައިބާ މެސެޖެއްގައި ވަޅިހަރައި މަރާލާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް މީގެކުރިން ވެސް ވަނީ އެސްއެމްއެސް މެދުވެރިކޮށް އިންޒާރުދީފައެވެ. ނަމަވެސް އިންޒާރުދިން ބައެއް އަދިވެސް ހޯދިފައެއް ނުވެއެވެ.

comment ކޮމެންޓް