ކަރުގައި ރުފިޔާ އެއް ތާށިވި ކުއްޖަކު ކުޅުދުއްފުށިން މާލެ ގެނެސްފި

ހދ. ކުޅުދުއްފުށި ----

ކަރުގައި ރުފިޔާއެއް ތާށިވި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ހދ. ކުޅުދުއްފުށިން މާލެ ގެނެސްފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ކުއްޖާ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އެ ކުއްޖާ މާލެ ފޮނުވާލާފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ.

"ކާއެއްޗިހި ދައުރުވާ ހޮޅީގެ ތެރޭގައި އެ ރުފިޔާ އޮތީ. މިހާރު ކަރުން ތިރީގައި އެ ރުފިޔާ އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާ މާލެ ފޮނުވާލީ އެންޑޯސް ކޯޕީއެއް ހަދައިގެން އެ ރުފިޔާ ނެގުމަށް ކަމަށާއި އެ ހޮސްޕިޓަލުން އެ ޚިދުމަތް ދެވެން ނުހުންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ކުއްޖާ އަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްޗުގަ އެވެ. މިކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލްގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.

comment ކޮމެންޓް