މިނިސްޓަރު އިރުތިޝާމް އާއި މެމްބަރު ޝާޑު ކައިވެނި ބައްލަވައިގެންފި

އިރުތިޝާމާއި ޝާހިދުގެ ކައިވެނީގެ ހަފުލާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ކައިވެނި ބައްލަވައިގެންފިއެވެ.

އެ ކައިވެނީގެ ހަފްލާ ބޭއްވީ މިއަދު ހޮޓެލް ޖެންގައެވެ. އަދި ކައިވެނި ޕާޓީ ވެސް އޮތީ އެ ހޮޓަލުގައެވެ. އެ ދޭބުފުޅުންގެ ކުލަގަދަ ކައިވެނި ހަފްލާގައި ދެފަރާތުގެ އާއިލާގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނަވާރަސަތޭކަ އައްޑިހަ އަށްވަނަ އަހަރުން ފެށިގެން ސަރުކާރަށް ޚިދުމަތް ކުރައްވަމުން އަންނަ އިރުތިޝާމްގެ މިއީ އަލަތު ކައިވެންޏެވެ. ކައިވެނި ބައްލަވައިގަތް އިރު މިނިސްޓަރުގެ އުމުރަކީ 46 އަހަރެވެ. އުމުރުން 42 އަހަރުގެ ޝާޑުގެ މިއީ ތިން ވަނަ ކައިވެންޏެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ކައިވެނި ޕާޓީގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް