Sun Online
ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ގާޒީ މަރިޔަމް ވަހީދަށް ޝަރީއަތް ކުރުމުގެ ހައިސިއްޔަތެއް ނެތް: ސުޕްރީމް ކޯޓު

އަހްމަދު އާޒިފް
ލިޔުނީއަހްމަދު އާޒިފް

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އެ ކޯޓުގެ ނިންމުމަކާ ޚިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކޮށްފައިވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު، މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާ

ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފު ކުރުމުގެ އުސޫލުތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީ އާއި ގާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެއެވެ.

infinity loading...
×
DB released 01.