ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޯކޯލް ޝަހުދީ ---

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަކީ ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހަމަޖައްސަވައިފިއެވެ.

ސިވިލް ސާވިސްގެ މަގާމެއްގެ ގޮތުގައި ކުރިން އޮތް އެ މަގާމު މިއަދު ސިޔާސީ މަގާމަކަށް ބަދަލުކުރެއްވި އިރު އެމަގާމަށް އައްޔަންކޮށްފައިވަނީ ކުރިންވެސް އެމަގާމުގައި ހުންނެވި، މުހައްމަދު ޝަހުދީ، މ. ތަރިވިދާގެއާގެ އެވެ.

ނަމަވެސް ކުރިން އެމަގާމުގައި އޭނާ ހުރީ ޑިރެކްޓަ ޖެނެރަލްގެ ފެންވަރުގައެވެ. އެމަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށް އެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައެވެ.

މުހައްމަދު ޝަހުދީގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލު ކުރެއްވި އިރު މިހާރުވެސް އެ މިނިސްޓްރީގެ 13 މަގާމެއްގައި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި މީހުން ތިއްބަވައެވެ.

comment ކޮމެންޓް