ޔޫއޭއީގެ ސަފީރުކަމަށް ޑރ. ނިޔާޒް އައްޔަން ކުރަން މަޖިލީހުން ރުހުންދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ނިޔާސާ، ޑރ. ހުސައިން ނިޔާޒް އައްޔަންކުރަން، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް އެވެ.

ޑރ. ނިޔާޒު ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރުމާ މެދު މަޖިލީހުގެ މަޝްވަރާއަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މައްސަލަ ދިރާސާކުރެއްވުމަށް ފަހު ގައުމީ ސަލާމަތުގެ ކޮމިޓީންވެސް ނިންމާފައިވަނީ ޑރ. ނިޔާޒަށް ރުހުން ދޭން ފެންނަ ކަމަށެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ޖަލްސާއަށް ހާޒިރުވެ ތިއްބެވި 64 މެމްބަރުންވެސް ވަނީ ޑރ. ނިޔާޒަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް