ކޮނޑޭ ކައުންސިލަރަކު އިސްތިއުފާ ދެއްވައިފި

ކޮނޑޭ ކައުންސިލަރުކަމުން އިސްތިއުފާދެއްވި އަހުމަދު އިބްރާހީމް ---

ގއ.ކޮނޑޭ ކައުންސިލް މެންބަރު އަހުމަދު އިބްރާހީމް ދީދީ ކައުންސިލަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އަހުމަދު އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ އިސްތިއުފާގެ ސިޓީ މިދިޔަ ޖެނއަރީ މަހުގެ 26 ވަނަ ދުވަހު އެ ރަށު ކައުންސިލްގެ އިދާރާ އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އަހުމަދު އިބްރާހީމަކީ އަމިއްލަ ގޮތުން ކައުންސިލަރުކަމަށް އިންތިޚާބުވެވަޑަިގެންނެވި ބޭފުޅެކެވެ. އިންތިޚާބު ވުމަށްފަހު ސަރުކާރު ހިންގާ ޕީޕީއެމްއާ އޭނާ ވަނީ ގުޅިވަޑައިގެންފައެވެ.

އަހުމަދު އިބްރާހީމް ވިދާޅުވީ ކައުންސިލަރު ކަމުން އިސްތިއުފާދެއްވީ ޕީޕީއެމްއާ ގުޅިވަޑައިގަތުމަށްފަހު މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި ރަށަށް ކުރިއެރުންތަކެއް އައިސްފައިނުވާތީއާއި ކައުންސިލަރު ކަމުގައި ހުރެގެން އިތުރު ކާމިޔާބީ ތަކެއް ނުލިބޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އާބާދީގައި ގައިގަނޑަކަށް 580 މީހުން ދިރިއުޅޭ ކޮނޑޭގެ ކައުންސިލްގައި ބާކީ ތިއްބެވި ހަތަރު ކައުންސިލަރުން ވެސް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

comment ކޮމެންޓް