އެނގޭތަ! އެންމެންގެ މުނިފޫހި ފިލުވައިދިން މި ފޯނުކޯލުގައި ވާހަކަ!

މީހަކު ފޯނުން ވާހަކަދައްކަނީ: މިހަފްތާ ފޭސްބުކުން ދިވެހިންނަށް އެންމެ ކަމުދިޔައީ ފޯނު ކޯލެއް ----

ްދިވެހިންނަކީ ހުނަރުވެރި ބައެކެވެ. މީހުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކުމާ މީހުން ލަވަކިޔާ އަޑުން ލަވަކިޔުމަަށް ބައެއް ދިވެހިން ވަރަށް ކުޅަދާނަ އެވެ.

މިހާރު ފަށައިގެން އުޅޭ މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން ބަލާލުމުން ވެސް އެކަން ޔަގީންވެ އެވެ. ހުޒާމް ލަވަކިޔާ ގޮތަށް ލަވަކީ މީހުންނާ، ތަފާތު ގޮތްތޮތަށް ހޭ މީހުންނާއި ދިޔައީ ފެނިގެންނެވެ.

މި ހަފްތާ ފޭސްބުކްގައި މީހުންގެ މެދުގައި އެންމެ މަގުބޫލު ވެގެން އުޅެނީ ފޯނު ކޯލެކެވެ. ކޮންމެ ކޮންމެ މީހަކަށް އެގޮތަށް ވާހަކައެއް ނުދެއްކޭނެ އެވެ.

މައުލޫމާތެއް ސާފުކޮށްލަން ދިރާގަށް ގުޅައިގެން ގުރުއާން ކިޔަވާ ރާގަށް ވާހަކަ ދައްކާފައި ހުރި އެ ފޯނު ކޯލުވީ މި ހަފްތާގައި ފޭސްބުކްގައި ދިވެހިންގެ ތެރޭގައި އެންމެ ހިނގި އެއް ވީޑިއޯ އަށެވެ.

އެ ފޯނު ކޯލުގައި ވާހަކަ ދައްކަނީ ލޯފަން މީހެއްކަން ވަނީ އެނގިފަ އެވެ. ނަމަކީ މުހައްމަދު ޖުލޫދު އެވެ. ޖުލޫދު 'ސަން' އާ ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާއަކީ ކުދިންނަށް ގުރުއާން ކިޔަވައިދޭ ޤާރީއެއް ކަމަށެވެ.

އަދި ވޮއިސް ޓްރެއިންން ވެސް ހަދައިދޭ ކަމަށާއި އެގޮތުގެ މަތިން ވޮއިސް ޓްރެއިނިން ހެދި ދުވަހެއްގައި ދިރާގަށް މައުލޫމާތެއް ސާފުކުރަން ގުޅުމަށް ފަހު އެގޮތަށް ވާހަކަ ދެއްކީ ކަމަށް ޖުލޫދު ބުންޏެވެ.

"ބައެއް މީހުން ބުނޭ. އެއީ ޤުރުއާނަށް މަލާމާތް ކުރުމޭ. އެކަމަކު އެއީ އަޅުގަނޑު އެއްވެސް ގޮތަކަށް އެ ނިޔަތުގައި ކުރި ކަމެއް ނޫން" ޖުލޫދު ބުންޏެވެ.

ދިރާގަށް ގުޅައިގެން އޭނާ އަހާފައި ވަނީ ހިލޭ ގުޅޭ ނަންބަރަށް އެކްޓިވޭޓް ކުރާނީ ކިހިނެއްތޯ އެވެ. އެހުރިހާ ވާހަކައެއް އޭނާ ދައްކާފައި ވަނީ ޤުރުއާން ކިޔަވާ ރާގަށެވެ.

ޖުލޫދު ބުނީ އޭނާގެ ފަރާތުން އެ ފޯނު ކޯލު ރެކޯޑު ނުކުރާ ކަމަށެވެ. އެކަމަކު ދިރާގުން އެ ފޯނު ކޯލު އާންމު ކުރީ ކަމަށް ވެސް ބުނަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

އެންމެ ކުޑައިރުން ފެށިގެން ވެސް ގުރުއާން ކިޔެވުމަށް ލޯބި ކުރާ ޖުލޫދަކީ ވާހަކަ ކިޔުމަށް ވެސް ވަރަށް ލޯބި ކުރާ މީހެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް