އެސްޓީއޯ ދަނީ ރައްޔިތުންނަށް ޚިދުމަތް ކުރަމުން މާލީ ފައިދާ ހޯދަމުން

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރާއި ރައްޔިތުން ހިއްސާވާ، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން މިދިޔަ އަހަރު ހޯދި މާލީ ފައިދާ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ދަށްވުމުގެ ސަބަބުން ގިނަ ބަޔަކު ދިޔައީ އެސްޓީއޯއަށް ފާޑު ކިޔަމުންނެވެ. އެކުންފުނީގެ ހިންގުމާއި، ކުންފުނިން ހިންގާ މަސައްކަތްތަކަށް ފާޑު ކިޔަމުންނެވެ.

ނަމަވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅު ވަނީ، އެސްޓީއޯ އުފެއްދި މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ފަސޭހައިން ހޯދައިދިނުން ކަމަށް ވީ ހިނދު، ކުންފުނި ހިންގަން ޖެހޭނީ އެ މަގްސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާ ގޮތަށް ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ މާލީ އަހަރު ނިމުނު އިރު އެސްޓީއޯއަށް 435 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެކަމަކު 2016 ގެ މާލީ އަހަރު ނިމުނު އިރު އެސްޓީއޯގެ ފައިދާ އުޅެނީ 301.5 މިލިޔަން ރުފިޔާގައެވެ.

ނަމަވެސް މިއީ ވާނެކަމަށް ކުރިން ލަފާކުރެވުނު ކަމެއް ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވެއެވެ. އަދި އެސްޓީއޯ ކުރިޔަށް ދާނީ ކުންފުނި އުފެދުމުގެ މަގްސަދު ހާސިލުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވެއެވެ.

މިއީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން" އަށް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ޕަފޯމަންސް ދިޔައީ ކިހިނެއްތޯ؟

"ޖެނެރަލީ، މިދިޔަ އަހަރަކީ އެސްޓީއޯއަށް ވިޔަފާރި ރަނގަޅު އަހަރެއް. ކުރީ އަހަރާ އަޅައިބަލާއިރު އަޅުގަނޑުމެންގެ ފައިދާ ކޮންމެވެސް ވަރަކަށް ކުޑަވި.

ކީއްވެގެންތޯ މިދިޔަ އަހަރުގެ ފައިދާ ދަށަށް ގޮސްފައި މިވަނީ؟

އެސްޓީއޯ އުފެދިފައި އޮތީ އާންމު ރައްޔިތުންނަށް ބޭސިކް ނެސެސިޓީސް ފޯރުކޮށްދޭން. މި ކުންފުނި ވަކި ހިސާބަކުން ސަރުކާރުން ޑސައިޑްކުރީ ޕލކއަކަށް ބަދަލުކޮށް ޝެއާ ވިއްކަން. ވީ ޝުޑް ހޭވް އަ ބެލެންސް. އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދެމުން، ރީޒަނަބަލް ޕްރޮފިޓެއް ނެރުން. ފޮތްތައް ބަލާއިރު ހުންނާނެ މެކްސިމައިޒޭޝަން އޮފް ޕްރޮފިޓްސްގެ ވާހަކަ. އެކަމަކު ވީ ޑޯންޓް ވޯކް ފޯރ ދެޓް. އަޅުގަނޑުމެންނަކީ ލުއި ފަސޭހަ ގޮތަކަށް ލުއިފަސޭހަ އަގުތަކުގައި ޚިދުމަތް ދީފައި ޕްރޮފިޓު ނެރޭ ކުންފުންޏެއް. ސަރުކާރުގެ ސިޔަސަތަކީވެސް އެއީ. އެސްޓީއޯ ކަހަލަ ކުންފުންޏެއް މާ ބޮޑު ފައިދާއެއް ނެރެންވެއްޖެއްޔާ ޔޫ ވިލް ހޭވް ޓު ޕޭ އައުޓް އޮފް ޔޯ ޕޮކެޓު ދެއްތޯ؟

މިދިޔަ އަހަރުގެ ފައިދާ ކުޑަވި ސަބަބުތަކަކީ، ސަރުކާރުން ކަރަންޓުގެ ސަބްސިޑީ ރެޖީމަށް ގެނައި ބަދަލުން. ކަރަންޓު ހިންގުމަށް ބޭނުންކުރާ މައިގަނޑު އެއްޗަކީ އޮއިލް. ތެޔޮ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އާންމު ރައްޔިތުންނަށް ބާޑަންއެއް އޮންނާކަށް. އެހިސާބުން އަޅުގަނޑުމެން ޑިސައިޑުކުރީ ތެލުގެ އަގުތައް ރިވައިސްކުރަން. އިންޓަނޭޝާނަލް މާކެޓުގައި މިދިޔަ ދެ އަހަރެއްގައި ފުދޭވަރަކަށް ދަށަށް ގޮސްފައި، ފަހުން އަގު ބޮޑުކޮށްފައިވޭ. ނަމަވެސް އެ މާކެޓަށް ސީދާ އަންނަ ބަދަލުތަކެއް ނޫން އަޅުގަނޑުމެން ގެންނަނީ. އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނައީ ސަބްސިޑީ ރެޖީމަށް ގެނައި ބަދަލާ އެކު. އެއީ ހަމަ އާންމުންނަށް ޖެހޭ ބާޑަން ކުޑަކުރުމަށް.

އެސްޓީއޯއިން މިދިޔަ އަހަރު ވާނެ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ އަގަށް ހެޔޮ ބަދަލުތައް ގެނެސްފައި. އޭގެ އިތުރުން އެސްޓީއޯގެ އާންމުކޮށް ކުރާ އެއް ވިޔަފާރި--މެޑިކަލް އޭރިއާ--މީހުން އުޅޭ ކޮންމެ ރަށެއްގައި މިވަނީ ފާމަސީއެއް ހުޅުވާފައި. އެވެސް ވަރަށް ބޮޑު އޮޕަރޭޝަނެއް. އެ ހުރިހާ ކަމެއް ކުރަމުންވެސް ވީ މޭޑް ގުޑް ޕްރޮފިޓު. ވިޔަފާރިތަކުގެ އިތުރުން ސީއެސްއާރުގެ ދަށުން އެސްޓީއޯއަކީ ހުރިހާ ކަމެއްގައިވެސް އާންމުންނަށް އެހީތެރިވާ ކުންފުންޏެއް. އެސްޓީއޯ އަބަދުވެސް މަސައްކަތް ކުރަނީ އެސްޓީއޯ އުފެދިފައިވާ މައިގަނޑު އަސާސާ އެއްގޮތަށް ޕޮލިސީތައް ރީއެލައިން ކުރުން. އަޅުގަނޑު ހަވާލުވި ފަހުން މިދިޔަ ދެ އަހަރުވެސް އެކަން ކުރީ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސީއެސްއާރުގެ ގޮތުގައި ކޮން ކަހަލަ ކަމަކަށްތޯ ކުންފުނިން އެންމެ ބޮޑަށް ޚަރަދު ކުރަނީ؟

އެސްޓީއޯޢަކީ ޒަމާނުއްސުރެ އިޖްތިމާއީ ޒިންމާ ނުވަތަ ސީއެސްއާރުގެ ދަށުން ވަރަށް ގިނަ ދާއިރަތަކަކުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް. އޭގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި، އަންހެނުން ބާރުވެރިކުރުވުމާއި، އެންޖީއޯތަކާއި، މިހެން ގޮސް ބައިވަރު ކަންކަމަށް އަޅުގަނޑުމެން އެހީތެރިވެދެން

އެސްޓީއޯއިން ޓުއަރިޒަމްގެ ދާއިރާގައިވެސް ބައެއް މަސައްކަތްތައް ކޮށްފައި އެބަ ވޭ. ކިހިނެއްތޯ އެކަންތައްތައް ކުރިޔަށް ދަނީ؟

އެސްޓީއޯގެ ހިއްސާދާރުން އެބަ އޮތް ޑިޒިޝަނެއް ނަގާފައި. އެއީ އެސްޓީއޯގެ މައިގަނޑު ވިޔަފާރިތަކުގެ ތެރޭގައި އުޅެން. އެސްޓީއޯގެ ހަތަރު ކޯ އޭރިއާ (ތެޔޮ، މެޑިކަލްސް، ކޮންސްޓްރަކްޝަން އަދި ކާޑު)ގެ ވިޔަފާރިތަކަށް ބޭނުންވާ އިންވެސްޓްމެންޓުތައް ހަދަންޖެހޭ. މިސާލަކަށް ފުނަދޫ އެކްސްޕޭންޑު ކުރުމާއި، ރާޢްޖޭގެ އެކި ހިސާބުތަކުގައި ސްޓޯރޭޖު ހެދުމާއި ޓޭންކަރު ގަތުމާ، އަދި މިހާރު އެތެރެކުރާ މުދާ ސްޓޯ ކުރަން ފެސިލިޓީޒް ހަދަންޖެހޭ. އެސްޓީއޯގެ ކޯ ވިޔަފާރިތަކުގައި އިންވެސްޓުކޮށްފައި، އިންފްރާސްޓްރަކްޗަރާއި ލޮޖިސްޓިކްސް ސަޕޯޓު ބިލްޑް ކޮށްފައި ނޫނީ ނެތް ޓުއަރިޒަމަށް އިތުރަށް އެންމެ ލާރިއެއްވެސް ޚަރަދު ކުރެވޭކަށް.

ސަރުކާރުގެ ވިސްނުން ހުރީ، އެ ވިޔަފާރިއެއް ކުރާ ސްޕެޝަލިސްޓު ކުންފުންޏަކުން އެކަމެއް ކުރުމަށް. އެކަހަލަ ގޮތަކަށް ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ދަނީވެސް.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިދިޔަ އަހަރު ކާޑުގެ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކާޑުގެ އަގުތައް ދެގުނައަށް ބޮޑުވެގެން ދިޔަ. ޝަހީރު މީގެ ކުރިން ވިދާޅުވި ކާޑުގެ އަގު ހެޔޮކުރަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް.

އާދެ، މަސައްކަތް އެބަ ކުރަން. އަޅުގަނޑުމެންގެ ކޮންޓްރެކްޓްތައް ހަމަވެފައި، ދެން އަންނަ ކޮންޓްރެކްޓުގައި ކުރިޔަށް ވުރެ، އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ. ވަކި ޕަސަންޓެކޭ ދެންނެވޭނީ އެހިސާބަށް ދިޔައިމަ. އެކަމަކު އަޅުގަނޑު ޔަގީންކަން އަރުވަން، ހެޔޮ ބަދަލެއް އަންނާނެ.

ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް އޮޅިފައި، ނުވަތަ އޮޅުވާލާފައި އޮންނަ ކަމެއް މިއީ. ކާޑަކީ އެސްޓީއޯއިން މާލީ ފައިދާއެއް ހޯދުމަށް ކުރާ ކަމެއް ނޫން. ކާޑަކީ ޚިދުމަތެއް. ކާޑު ސަބްސިޑީ ކުރިން ސަރުކާރުން ދިން. މިހާރުވެސް ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްފައި އޮންނަނީ. ކުރާ ވަރަށް މިދިޔަ އަަހރު ބަދަލު ގެނައީ.

މިއީ އަސްލު ވަރަށް ސެންސިޓިވް، އަދި ވަރަށް ގިނަ ރައްޔިތުން އެކްސްޕެކްޓް ކުރަމުންދާ ކަމެއް. އާ ޝިޕްމެންޓުގެ ތަފްސީލުތައް އަޅުގަނޑު ފަހުން ހާމަ ކުރާނަން.

comment ކޮމެންޓް