އިނގިރޭސި ރާނީ އެލިޒަބަތު ރަނިކަން ކުރައްވާތާ 65 އަހަރު ވެއްޖެ

ރާނީ އެލިޒަބަތު (ދެވަނަ) ރަނިކަން ކުރައްވާތާ މިހާރު ވަނީ 65 އަހަރުވެފައި -- ފޮޓޯ: ގެޓީ

ލަންޑަން (ފެބްރުއަރީ 6): އިނގިރޭސި ރާނީ އެލިޒަބަތު (ދެވަނަ) ރަނިކަން ކުރައްވާތާ 65 އަހަރު ވެއްޖެ އެވެ.

އުމުރުން 90 އަހަރުގެ ރާނީ އެލިޒަބަތަކީ އިނގިރޭސި ރަސްކަން އެހާ ދިގު މުއްދަތަކަށް ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ. އަދި އެކަމަނާއަކީ މިހާރު ދުނިޔޭގައި ރަސްކަން ކުރައްވަމުން ގެންދަވާ ފަރާތްތަކުގެ ތެރެއިން، ރަސްކަމުގައި ރެދަލި ކުރައްވަމުންގެންދަވާތާ އެންމެ ގިނަ ދުވަސްވީ ބޭފުޅާ އެވެ.

ހަޔެއް ފެބްރުއަރީ 1952ގައި ރާނީ އެލިޒަބަތު ރަސްކަމަށް ވެޑުވުނީ އެކަމަނާގެ އުމުރުން 25 އަހަރުގަ އެވެ.

"އަޅުގަނޑުގެ މުޅި ހަޔާތް، އެއީ ދިގު މުއްދަތަކަށްވީ ނަމަވެސް ނުވަތަ ކުޑަ މުއްދަތަކަށްވީ ނަމަވެސް ހޭދަ ކުރާނީ ރައްޔިތުންގެ ހިދުމަތުގައި،" ރަސްކަމުގެ ތަހުތަށް ވަޑައިގެންނެވުމުގެ ކުރިން 1927 ވަނަ އަހަރު ރާނީ އެލިޒަބަތު ވިދާޅުވެފައިވެ އެވެ.

ރާނީ އެލިޒަބަތުގެ ރަސްކަމަށް 65 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިނގިރޭސިވިލާތުން ވަނީ ރާނީގެ އެބަސްފުޅު ލިޔެފައިވާ އާ ފަސް ޕައުންޑުގެ ފައިސާ ފޮއްޗެއް ތައާރަފް ކުރަން ނިންމާފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް