2005 ވަނަ އަހަރު މީހަކު މަރާލި މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

2005 ވަނަ އަހަރު މަރައިލައިފައިވާ އިނގިރޭސިވިލާތުގެ ފުލުސް އޮފިސަރު ޝެރޯން ބެޝެނިވްސްކީގެ ފޮޓޯއެއް. ފޮޓޯ/ރޮއިޓާސް

2005 ވަނަ އަހަރު ހިނގި ހަތިޔާރާއެކު ފޭރުމުގެ މައްސަލައެއްގައި އިނގިރޭސި ފުލުސް އޮފިސަރެއް ކަމަށްވާ، ޝެރޯން ބެޝެނިވްސްކީ މަރާލި މައްސަލައިގައި އުމުރުން 75 އަހަރުގެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

އެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކޯޓުން ހުކުމް ކޮށްފައި ވަނީ ޕިރާން ޑިއްޓާޚާންގެ މައްޗަށެވެ.

ކުށް ސާބިތުވެފައިވާ ކަމަށް ކަނޑައެޅީ އިނގިރޭސިވިލާތުގެ ލީޑްސް ކްރައުން ކޯޓުގެ ޖޫރީންނެވެ. ކުރިން ބޭއްވި އަޑުއެހުމެއްގައި ފޭރުމުގެ ކުށަށް އެނާ ވަނީ އިއުތިރާފްވެފައެވެ.

ޚާން އަކީ ބޮޓްޗްޑް ފޭރުމުގައި ބައިވެރިވި ގޭންގުގެ މާސްޓަމައިންޑް އަދި ކުށް ސާބިތުވި އެންމެ ފަހު މެމްބަރެވެ.

އެ ހާދިސާއަށްފަހު ޚާން ވަނީ ފިލައިގެން ޕާކިސްތާނަށް ގޮސްފައެވެ. އޭގެފަހުން ޕާކިސްތާނާއި އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދައި ހައްޔަރުކޮށްފައި ވަނީ 2020ވަނަ އަހަރުއެވެ.

ޕޮލިސްގެ ކޮންސްޓަބަލް ބެޝެނިވްސްކީ މަރުވީ އިނގިރޭސިވިލާތުގެ އުތުރުގެ ބްރެޑްފޯޑްގައި ޓްރެވަލް އޭޖެންޓެއް އަތުން ގޭންގަކުން ފޭރިގަންނަން އުޅެނިކޮށް، އެ ކަން ހުއްޓުވަން މަސައްކަތްކުރުމުން އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ.

އުމުރުން 38 އަހަރުގައި އޭނާ މަރާލީ އޭނާގެ ހަގު އަންހެން ދަރިފުޅުގެ ހަތަރު ވަނަ އުފަން ދުވަހެވެ. ބެޝެނިވްސްއަކީ އިނގިރޭސިވިލާތުގައި ޑިއުޓީގައި ހުއްޓާ މަރާލި ހަތް ވަނަ އަންހެން ފުލުހެވެ.

comment ކޮމެންޓް