ބަލިމަޑުކަމަކީ އިންސާނާ އިސްލާހުވާން ދެވޭ ފުރުސަތެއް: ޚުތުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ކުރަނީ ---

ބަލިމަޑުކަމަކީ އިންސާނާ އިސްލާހުވުމަށް މާތްﷲ ދެއްވާ ފުރުސަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ބަލިމަޑުކަމާ ގުޅޭގޮތުން މިއަދު ދިން ޚުތުބާގައި ބުނެފައިވަނީ މާތްﷲ އިންސާނުންނަށް ބަލިމަޑުކަން ޖައްސަވަނީ އިންސާނުން އިމްތިހާނު ކުރެއްވުމަށްޓަކައި ކަމަށެވެ.

ބަލިމަޑުކަން ޖައްސަވާ އިމްތިހާނުކުރައްވާ މީހުންނަށް މި ކުރިމަތިވާ ބަލިމަޑުކަމުގެ ސަބަބުން އެމީހުންގެ ފާފަތައް ފުއްސަވާދެއްވާނެތެވެ. އެއީ ބަލިމީހާ އިސްލާހުވެ، ތައުބާވުމަށްޓަކައި މާތްﷲ ދެއްވާ ފުރުސަތެކެވެ. ބަލިމީހާގެ މައްޗަށް އޮތީ އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ، ޚުތުބާ

ބަލީގެ ސަބަބުން ބަލިމީހާގެ އީމާންކަމާޢި ކެތްތެރިކަން ހާމަވެ، އޭނާގެ ވެރިރަސްކަލާނގެއާ އޭނާއާ ދެމެދުގައިވާ ގުޅުމުގެ ބަދަހިކަން، ނުވަތަ އެ ގުޅުމުގެ ދޯހަޅިކަން ފާޅުވާ ކަމަށް ޚުތުބާގައި ބުނެއެވެ.

"ބަލިމަޑުކަން ޖައްސަވާ އިމްތިހާނުކުރައްވާ މީހުންނަށް މި ކުރިމަތިވާ ބަލިމަޑުކަމުގެ ސަބަބުން އެމީހުންގެ ފާފަތައް ފުއްސަވާދެއްވާނެތެވެ. އެއީ ބަލިމީހާ އިސްލާހުވެ، ތައުބާވުމަށްޓަކައި މާތްﷲ ދެއްވާ ފުރުސަތެކެވެ. ބަލިމީހާގެ މައްޗަށް އޮތީ އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ،" ޚުތުބާގައި ބުނެއެވެ.

ޚުތުބާގައި ބުނީ، ދީނުގައި އޮންނަ ގޮތަކީ ބަލިވުމުން ބޭސްފަރުވާ ކުރުން ކަމަށެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅައި، ބޭސްފަރުވާ ކުރުމަށް ދީނުގައި ގޮވާލާ ކަމަށް ޚުތުބާގައި ބުނެއެވެ.

ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ އިތުރުން، ސިއްހަތު ސަލާމަތުން ތިބި މީހުން ބަލި މީހުންނަށް ކަމޭހިތައި، އަޅާލައި، އޯގާތެރިކަން ދީ، އަދި މާލީ ގޮތުންނާއި މައުނަވީ ގޮތުން އެހީޓެރިވުމަށް ޚުތުބާގައި ގޮވާލިއެވެ.

"[މިގޮތްގޮތަށް] އެހީތެރިވުމަކީ، އެމީހުން ތަހައްމަލުކުރާ ވޭނާއި ހިތާމަތައް ލުއިވެގެން ދާނެ ކަމެކެވެ،" މިއަދުގެ ހުކުރު ނަމާދުގެ ޚުތުބާގައި ގޮވާލިއެވެ.

comment ކޮމެންޓް