ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މޭކަޕް ސާމާނު ގަންނައިރު އިސްކަން ދޭންޖެހޭނީ އެންމެ އަގުބޮޑު މޭކަޕަށެވެ. ސަބަބަކީ އަގުބޮޑުވުމުން މޭކަޕް ގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ހީވުމެވެ.
މިކަމުގެ ތެދު ދޮގު ބެލުމުގެ ގޮތުން އަންހެން ކުއްޖަކު ވަނީ ދިރާސާއެއް ކޮށްފަ އެވެ. އަގުބޮޑު މޭކަޕާއި އަގުހެޔޮ މޭކަޕުގެ ފަރަގު އޭނާ ވަނީ ހޯދާފައެވެ. އަގުހެޔޮ މޭކަޕުން ހަންގަޑަށް ގެއްލުންވޭތޯ ނުވަތަ ނުވޭތޯ މި ދިރާސާގައި ބަލައިފައެއް ނުވެއެވެ. ހަމައެކަނި ބަލައިފައިވަނީ ރީތި މޭކަޕަކަށް ބޭނުން ވަނީ އަގުބޮޑު މޭކަޕެއްތޯ ނުވަތަ އަގުހެޔޮ މޭކަޕަކުން ވެސް ރީތި ވެވިދާނެތޯ އެވެ. ތިރީގައި އެ ވަނީ މި ދިރާސާގެ ނަތީޖާއެވެ.
ހަންގަނޑު
އަގުހެޔޮ މޭކަޕް (ވާތް ފަރާތުގައި): ފައުންޑޭޝަންގައި ކްރީމީ ޓެކްސްޗަރ އެއް ހުރުމުން އެހާ ބޮޑަށް ހަމުގެ ތެރެއަށް ފައުންޑޭޝަން ވަދެގެން ނުދެއެވެ. އަދި ހަންގަނޑު ޑްރައިކަމަށް ދައްކައެވެ. ބްލަޝްގެ ސަބަބުން މޫނުގެ ހަމުގެ ކުލަ އެއްވަރު ނުވެ މޫނު ފެންނަނީ އޮރެންޖް ކުލައިގައެވެ.
ފައުންޑޭޝަން ގެ އަގު 7 ޑޮލަރު އަދި ބްލަޝްގެ އަގު 6 ޑޮލަރު
އަގުބޮޑު މޭކަޕް (ކަނާތް ފަރާތުގައި): ފައުންޑޭޝަން ވަރަށް އޮމާންކޮށް ރީތިކޮށް މޫނުގައި ހާކައިލެވެއެވެ. އަދި މޫނުގައި ފޮރުވަން ބޭނުންވާ އިމްފަރފެކްޝަންސްތައް މި ފައުންޑޭޝަނުން ފޮރުވައިދެއެވެ. ބްލަޝް ވެސް ހަމަ މިހާ ރީތިކޮށް ހާކައިލެވުނެވެ.
ފައުންޑޭޝަނުގެ އަގު 54 ޑޮލަރު އަދި ބްލަޝްގެ އަގު 43 ޑޮލަރު
ލޯ
އަގުހެޔޮ މޭކަޕް (ވާތް ފަރާތުގައި): އައި ޝެޑޯރގެ ކުލަ ގަދަވެފައި ބޯކަމުން ފަސޭހައިން އޮމާންކޮށް ލޮލުގައި ހާކައިލެވެއެވެ. އަދި އެހެންމެ ކުލަ ފޭދިގެނެއް ވެސް ނުދެއެވެ. ލޮލުގައި އަޅާ އައިލައިނާވެސް ފަސޭހަކަމާ އެކީ އަޅައިލެވެއެވެ. މަސްކަރާ ވެސް ގޯހެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު ބޯކޮށް ހޭކެއެވެ.
އައި ޝެޑޯރ 10 ޑޮލަރު، އައިލައިނާ 7.50 ޑޮލަރު އަދި މަސްކަރާ 9 ޑޮލަރު
އަގުބޮޑު މޭކަޕް (ކަނާތް ފަރާތުގައި): އައި ޝެޑޯރ ކުލަ ގަދަ ވެފަ ބޮލެވެ. އެހެން ކަމުން ފަސޭހައިން ހާކައިލެވެއެވެ. އަދި ނުފޭދެއެވެ. އަގުހެޔޮ އައިލައިނާއެކޭ އަގުބޮޑު އައިލައިނާއެކޭ މާބޮޑު ތަފާތެއް ނުފެނެ އެވެ. އަދި މަސްކަރާ ވަރަށް އޮމާންކޮށް ހާކައިލެވެއެވެ. އެއްވެސް ވަރަކަށް މަސްކަރާ ހިކި އަދި ބޯކޮށް ނުހޭކެއެވެ.
އައި ޝެޑޯރ 46 ޑޮލަރު، އައިލައިނާ 32 ޑޮލަރު އަދި މަސްކަރާ 29 ޑޮލަރު
ތުންފަތް
އަގުހެޔޮ މޭކަޕް (ވާތް ފަރާތުގައި): ލިޕްސްޓިކް ތުންފަތުގައި ހޭކުމުން ޕަރލް ފިނިޝްއެއް ތުންފަތުން ދައްކައިދެއެވެ. އަދި އުނދަގޫ ވަހެއް ހުރެއެވެ. ނަމަވެސް ވަރަށް ނަލައެވެ.
ލިޕްސްޓިކް 8 ޑޮލަރު
އަގުބޮޑު މޭކަޕް (ކަނާތް ފަރާތުގައި): ލިޕްސްޓިކް އަކީ މެޓް ލިޕްސްޓިކްއެކެވެ. އަދި ހިތްގައިމު ވަހެއް ހުރެއެވެ. ނަމަވެސް ޑްރައި ކަމުން ތުންފަތުގައި ލިޕްސްޓިކް ހޭކުމަށް ދަތިކަމެއް ހުރެއެވެ.
ލިޕްސްޓިކް 35 ޑޮލަރު
ނަތީޖާ
މިހާރު މިފެންނަ ދެފޮޓޯއިން އަގު ހެޔޮ މޭކަޕްކޮށްފައި ހުރީ ކޮން ފޮޓޯއެއްގައިތޯ ނުވަތަ އަގުބޮޑު މޭކަޕް ކޮށްފަހުރީ ކޮންފޮޓޯއެއްގައިތޯ ބުންނަ ދަތި ނޫންތޯއެވެ. ނަމަވެސް ވާތްފަރާތުގައި ހުރި ފޮޓޯގައި މޫނުގައި ހާކާފައި ހުރި ފައުންޑޭޝަނުން މޫނު ތެޔޮކަމަށް ދައްކައެވެ. އެއީ އަގުހެޔޮ މޭކަޕްކޮށްފައިހުރި ފޮޓޯއެވެ.
މި ދިރާސާ އެކީ ފުރިހަމަ ވާނީ ހަގީގީ ދިރިއުޅުމާ ވެސް ގުޅިގެން ކަމުން މޮޑެލް އަށް ޖެހުނީ ވާރޭޔާ ވާރެޔާ ތެމި އާފަލެއް ވެސް ކައިލާށެވެ.
ވާރޭ ޓެސްޓް
އަގުހެޔޮ މޭކަޕް (ވާތް ފަރާތުގައި): މަސްކަރާގައި ވޯޓަރޕްރޫފް ލިޔެފައިވީ ނަމަވެސް މި ޓެސްޓުން އެކަން ފެއިލްވިއެވެ. މޮޑެލްގެ މޫނަށް މަސްކަރާތައް ފައިބައިގަތެވެ. އައިލައިނާ ވެސް ފޭދުނެވެ. ނަމަވެސް ފައުންޑޭޝަނަށް މާބޮޑު ބަދަލެއް ނާދެއެވެ. މީގެ ސަބަބެއް ކަމަށް ލަފާކުރެވެނީ ޓެސްޓް ހެދުމުގެ ކުރިން ވެސް މި މޫނުހުރީ ތެޔޮކޮށް ކަމުން ކަމަށް ވެދާނެ އެވެ.
އަގުބޮޑު މޭކަޕް (ކަނާތް ފަރާތުގައި): މަސްކަރާ އާއި އައިލައިނާ ވެސް މި ޓެސްޓުން ފާސްވިއެވެ. އެއްވެސް ވަރަކަށް ނުފޭދެއެވެ. ތެމިލައިގެން ބެލިއިރު ވެސް ހޭކި އިރު ހުރި ރީތިކަން ލޮލުގައި ހުއްޓެވެ. ނަމަވެސް އައި ޝެޑޯ ލޮލުގެ މެދަށް ޖަމާވެފައި ހުއްޓެވެ. މިއީ އަގުހެޔޮ މޭކަޕުގައި ދިމާވި ކަމެއް ނޫނެވެ.
އާފަލު ޓެސްޓް
އަގުހެޔޮ މޭކަޕް (ވާތް ފަރާތުގައި): ތުންފަތުގައި ހާކައިފައި ހުރި ލިޕްސްޓިކް އެކީހެން ފިލައިގެން ދިޔައެވެ.
އަގުބޮޑު މޭކަޕް (ކަނާތް ފަރާތުގައި): ތުންފަތުގައި ހާކާފައި ހުރި ލިޕްސްޓިކުން ތުންފަތުގެ މެދުގައި ހުރި ލިޕްސްޓިކް ކޮންމެވެސް ވަރަކަށް ފިލައިގެން ގޮސްފައިވާކަން ފާހަގަ ވިއެވެ. ނަމަވެސް ތުންފަތުގައި ހާކާފައި ހުރި ކުލަ ރީއްޗަށް އަދިވެސް ފެނެއެވެ.
މި ދިރާސާއިން ފާހަގި ކަންކަމަކީ:
- ރީތިކަން ފެންނަ ގޮތަށް ބަލާ އިރު އަގުބޮޑު މޭކަޕް އަގުހެޔޮ މޭކަޕަށްވުރެ ވަކި މޮޅެއްނޫނެވެ.
- މޭކަޕް ސާމާނު ގަންނައިރު ހޭދަ ކުރަންޏާ ކުރަންވީ ފައުންޑޭޝަނަށެވެ. އެހެން ޕްރޮޑަކްޓްސް ތަކުން މާ ބޮޑު ފަރަގެއް ނުފެންނާތީ އެވެ.
- މި ޕޮޓޯތަކުން ގެސް އަގު ބޮޑު މޭކަޕާއި އަގު ހެޔޮމޭކަޕުގެ މާބޮޑު ފަރަގެއް ނުފެންނާތީ ޕޮޓޯޝޫޓް ކަހަލަ ކަންކަމުގައި ވެސް ހަރަދު ކުޑަކޮށްލުމުގެ ގޮތުން އަގުހެޔޮ މޭކަޕެއް ބޭނުން ކޮށްލެވިދާނެއެވެ.