މޫނުން އެކްނީ ނުފިލާތަ؟ ހައްލަކީ ކޮބާ؟

މޫނުގައި ބިހި ނެގުން ނުވަތަ އެކްނީ އަކީ ވަރަށް ގިނަ ބަޔަކު ފުރާވަރު އުމުރުފުރައަށް ފަހު ވެސް ތަޖުރިބާކުރަން ޖެހޭ ކަމެކެވެ. އެކްނީއާ ގުޅިގެން މީހާގެ މުޅި ކޮންފިޑެންސްއަށް އޭގެ އަސަރު ކުރާއިރު މިއީ އެތައް ބަޔަކު ހައްލެއް ހޯދަން ބޭނުންވާ ކަމެކެވެ. އެހެންވީމާ އެކްނީއަށް އޮތް ހައްލަކީ ކޮބާ ހެއްޔެވެ؟

އެޑަލްޓް އެކްނީ ނުވަތަ ޒުވާން އުމުރާއެކު ނަގާ ބިހިތަކަކީ ކޮންމެ ކޮންމެ މީހަކު ނަގާނެ އެއްޗެއް ނޫނެވެ. ނަމަވެސް އެ ނަގާ މީހުންނަށް އެއީ ދިރިއުޅުމުގެ ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ. ބައެއް ފަހަރަށް ލޯގަނޑަށް ބަލައި ހަދަން ވެސް އުނދަގޫ ވާ ހިިސާބަށް މި ކަންތައް ދެއެވެ.

އެކްނީއަށް ހައްލެއް ހޯދުމަށްޓަކައި އިންޓަނެޓުން އެކި ކަހަލަ ކަންތައް ކުރަން ފަށަނީ އެހާ ހިސާބުންނެވެ. އަދި ނަތީޖާއެއް ނުލިބި އެތައް ކަމެއް ކުރެވުމުން މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އޭގެ އަސަރު އިތުރަށް ކުރެއެވެ.

ނަމަވެސް އެކްނީ އަކީ ހަައްލެއް ހޯދޭނެ އެއްޗެކެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ އެކި ކަންތައް އެބަހުއްޓެވެ.

ރެޓިނޮއިޑް

ވިޓަމިން އޭ ނުވަތަ ރެޓިނޮއިޑް އަކީ އެކްނީއަށް އޮތް އެންމެ ބޮޑު ހައްލެވެ. މިއީ އަހަރުތަކުގެ ދިރާސާއިން ވެސް އެންމެ ބޮޑަށް ސާބިތު ކުރެވިފައިވާ ހައްލެވެ. ރެޓިނޮއިޑް އާއިލާގެ އެކި އެއްޗެހި ހިމެނެއެވެ. އޭގެ ތެރޭގައި، ރެޓިނޯލް އާއި ރެޓިނަލް އަދި ޓްރެޓްނޮއިންގެ އިތުރުން އެޑެޕަލިން ވެސް ހިމެނެއެވެ.

ރެޓިނޮއިޑް އާއިލާގައި ހިމެނޭ ރެޓިނޯލް ބްރޭންޑުތަކެއްގެ އުފެއްދުންތަކެއް --

މި ހުރިހާ އެއްޗެއްސަކީ އެކި ސްޕީޑުތަކުގައި މޫނުގެ ހަމަށް އެހީތެރިކަން ފޯރުކޮށްދޭ އެއްޗެއްސެވެ. އެެގޮތުން އެންމެ ފަސޭހައިން ލިބޭ އަދި އެކްނީއަށް ސީދާ އެހީތެރިވެދޭ އެކައްޗަކީ އެޑެޕަލިންއެވެ. އެޑެޕަލިން އަކީ ރެޓިނޮއިޑް އާއިލާއަށް ނިސްބަތްވާ ތިން ވަނަ ޖެނެރޭޝަންގެ ރެޓިނޮއިޑް އެކެވެ.

މިއީ ރެޓިނޯލް އާއި ޓްރެޓްނޮއިން އަށް ވުރެ ސްޓޭބަލް އެއްޗަކަށް ވެފައި ބޭނުން ކުރުމުގައި މައްސަލަތައް ދިމާވުން މަދު އެއްޗެކެވެ. މިއީ ދިރާސާތަކުން އެންމެ ބޮޑަށް އެކްނީއަށް އޮތް ހައްލެވެ.

އެންމެ ފުރަތަމަ އަދި އެންމެ މަގުބޫލު އެޑެޕަލިން އުފެއްދި ޑިފަރެން ބްރޭންޑުގެ ޕްރޮޑަކްޓު ---

މިއީ ހޯދަން ވެސް އެންމެ ފަސޭހަ އެކައްޗެވެ. މިއީ ފަސޭހައިން ގަނެލެވޭނެ ރެޓިނޮއިޑެކެވެ. އެއާ ހިލާފަށް ޓްރެޓްނޮއިން އަކީ އެކަމަށް ޑޮކްޓަރުގެ ލަފާ އަދި ލިޔުން ބޭނުންވާނެ އެއްޗެކެވެ.

ބެންޒިލް ޕެރޮކްސައިޑް

އެކްޓިވް އެއް ކަމަށްވާ ބެންޒިލް ޕެރޮކްސައިޑް އަކީ ވެސް އެކްނީއަށް ހައްލެއް ހޯދުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ފޭސް ވޮޝް އަދި ސިރަމްގެ ގޮތުގައި މި ލިބޭ އިރު މިއީ ވެސް އެކްނީއަށް ހައްލެއް ލިބޭ ކަމަށް ދިރާސާ ކުރެވި ސާބިތު ވެފައިވާ އެއްޗެކެވެ.

ބެންޒިލް ޕެރޮކްސައިޑް މަސައްކަތް ކުރަނީ މޫނުމަތީގައި ހުންނަ ބެކްޓީރިއާތައް މަރައި މޫނުގެ އަޑީގައި އެކުލެވިފައިވާ ޖަރާސީމުތައް އެތެރެއިން ދޮވެ އެ ނެރެގެންނެވެ.

ބެންޒިލް ޕެރޮކްސައިޑް ފޭސް ވޮޝްގެ މަގުބޫލު ބްރޭންޑް ކަމަށް ޕަނޮކްސިލްގެ ޕްރޮޑަކްޓް

ނަމަވެސް ބެންޒިލް ޕެރޮކްސައިޑް އަކީ ވަރުގަދަ މާއްދާއަކަށް ވާތީ، މި ބޭނުންކުރުމުން ހަންގަނޑު ހިކި ކުރަކިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވީމާ ކޮންމެހެން ވެސް މޮއިސްޗަރައިޒާ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ.

އެކަމަކު ސަމާލުވާތި!

މި ދެ މާއްދާ ވެސް މަސައްކަތް ކުރާނީ މުޅި މޫނުމަތީގައިވާ އެކްނީ އެތެރެއިން ނައްތާލުމަށެވެ. އެޑެޕަލިން މަސައްކަތް ކުރާނީ މުޅި ހަންގަނޑުގެ ސައިކަލް އަވަސް ކޮށްލައި އާ ހަންގަނޑު ބޭރަށް ގެނައުމަށެވެ.

މިއީ ދެ އެކްޓިވް މާއްދާއަށް ވާތީ އެކީގައި ދެތީ ބޭނުން ނުކުރުމަށް ހަނދާން ކުރަން ޖެހޭނެއެވެ. އަދި، ބެންޒިލް ޕެރޮކްސައިޑް ބޭނުން ކުރާއިރު އިރުގެ އަލި ޖެހޭއިރު ހަންގަނޑަށް އުނދަގޫވުން ހިމެނެއެވެ. އެހެންވީމާ ރޭގަނޑު މި ބޭނުން ކުރުމަށް ހަނދާން ކުރުން ރަނގަޅެވެ.

މިއީ ކުއްލިއަކަށް ހައްލު ލިބޭނެ އެއްޗެއްސެއް ނޫނެވެ. ހަންގަނޑުގެ އެއްވެސް މައްސަލައަކީ އެއް ރެއަކުން ހައްލުވާނެ ކަމެއް ނޫނެވެ. އެގޮތުން އެކްނީ އަކީ ވެސް އެފަދައިން ކެތް ކޮށްގެން ހައްލު ކުރެވޭނެ ކަމެކެވެ.

މި މާއްދާތައް ބޭނުންކުރަން ފަށާ ފުރަތަމަ ތިން މަހާއި ފަސް މަހާ ދެމެދުގައި ހަންގަނޑުގެ ހާލަތު ރަނގަޅު ނުވެ ގޯސްވުން އެކަށީގެންވެއެވެ. އެއީ ހަންގަނޑުގެ އެތެރެ އެއްކޮށް ސާފުކޮށް އެތެރޭގައި ހުރި ހުރިހާ އެއްޗެއް ބޭރުވާން އެވަރުގެ މުއްދަތެއް ނަގާނެތީއެވެ. ދެން އެއަށްފަހު ހަންގަނޑު ރީތިވާން ފަށާނެއެވެ. މި މުއްދަތަކީ ކޮންމެ ކޮންމެ މީހަކަށް އެއްގޮތް ވާނެ މުއްދަތުތަކެއް ނޫނެވެ. އެއްބައި މީހުންނަށް މަހެއްގެ ތެރޭގައި ވެސް ރަނގަޅު ނަތީޖާ ފެންނަން ފަށާ ފާނެއެވެ. ނަމަވެސް ހަ މަހަށް ވުރެ ގިނަ ދުވަސް ވާއިރު ވެސް ހާލަތު ގޯސްވާނަމަ ހަމުގެ ޑޮކްޓަރަކަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

comment ކޮމެންޓް