ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މިލޭނިޔާ ޓްރަޕް ތުރުކުރެއްވި ހެދުންކޮޅުގެ ވާހަކަ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ފަސްޓް ލޭޑީ މިލޭނިއާ، އިނޯގްރަލް ބޯލްގައި ---

ފެޝަންގެ ދުނިޔޭގައި މިލޭނިޔާ ފެޝަން-ފޯކަސްޑް ފެސްޓްލޭޑީއެއްގެ މަގާމު ހޯއްދަވަމުން ވަޑައިގަންނަވާ އިރު ބައެއް ރިޕޯޓްތައް ބުނާގޮތުން މިލޭނިޔާ ވަނީ ވައިޓް ހައުސްގައި ރީތިވުމަށް ޚާއްސަ ކޮޓަރިކޮޅެއް ވެސް ހައްދަވަން ނިންމަވައިފަ އެވެ. އެ ކޮޓަރީގެ ބޭނުން ހިއްޕަވާނީ އާންމު ފެނިލުންތަކަށް ތައްޔާރުވެވަޑައިގަތުމަށެވެ. އެ ކޮޓަރިކޮޅު ވެގެންދާނީ މިލޭނިޔާ ތުރުކުރައްވާ ހެދުންކޮޅުތަކުގެ ސްޓައިލްތައް އުފެދިގެން އަންނަ ކޮޓަރިއަށެވެ.

އެމެރިކާގެ 45 ވަނަ ރައީސްގެ އަނބިކަބަލުން ފަސްޓް ލޭޑީ، މިލޭނިޔާ ޓްރަޕް އަކީ އޭނާ ތުރުކުރައްވާ ހެދުންކޮޅުތަކުން އެކަނިވެސް މީޑިޔާތަކުގެ ސަމާލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.

ބޮޑެތި ރަސްމިއްޔާތު ތަކުގައި ދުނިޔޭގެ ބޮޑެތި ގައުމު ތަކުގެ ވެރީން ނުވަތަ އެބޭފުޅުންގެ އަނބިއަނބިކަނބަލުން ތުރުކުރައްވާ ހެދުންކޮޅު ތަކުގެ ވާހަކަ އަކީ މިއަދު މީޑިއާ ތަކުގައި އެންމެ ޝައުގުވެރި ކަމާ އެކު މީހުން ކިޔާ ވާހަކަ ތަކަކަށް ވަނީ ވެފަ އެވެ.

ޓްރަމްޕް ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މަޑު ނޫކުލައިގެ ރަލްފް ލޮރޭންގެ ސޫޓް ގޮތަށް ޑިޒައިންކޮށްފައިވާ ހެދުމެއް މިލޭނިއާ ތުރުކުރެއްވުމާ ގުޅިގެން އެތައްބައެއްގެ ފާޑުކިޔުން އެކަމަނާ އަށް ވަނީ އަމާޒު ވެފައެވެ. ސަބަބަކަށްވީ 1961 ވަނަ އަހަރު ޖޯން އެފް ކެނެޑީ އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވި ދުވަހު، އަނބިކަބަލުން ޖެކީ ކެނެޑީ ވެސް ވަނީ މަޑު ނޫކުލައިގެ ސޫޓް ޑިޒައިންގެ ހެދުމެއް ތުރުކުރައްވާފައި ކަމަށް ވާތީ އެވެ. ޓްވިޓަރގައި ގިނަ ބަޔަކު ބުނަމުން ދިޔައީ ކެނެޑީގެ ސްޓައިލް މިލޭނިއާ ކޮޕީކުރެއްވީ ކަމަށެވެ.

ފެޝަންގެ ދުނިޔޭގައި މިލޭނިޔާ ފެޝަން-ފޯކަސްޑް ފެސްޓްލޭޑީއެއްގެ މަގާމު ހޯއްދަވަމުން ވަޑައިގަންނަވާ އިރު ބައެއް ރިޕޯޓްތައް ބުނާގޮތުން މިލޭނިޔާ ވަނީ ވައިޓް ހައުސްގައި ރީތިވުމަށް ޚާއްސަ ކޮޓަރިކޮޅެއް ވެސް ހައްދަވަން ނިންމަވައިފަ އެވެ. އެ ކޮޓަރީގެ ބޭނުން ހިއްޕަވާނީ އާންމު ފެނިލުންތަކަށް ތައްޔާރުވެވަޑައިގަތުމަށެވެ. އެ ކޮޓަރިކޮޅު ވެގެންދާނީ މިލޭނިޔާ ތުރުކުރައްވާ ހެދުންކޮޅުތަކުގެ ސްޓައިލްތައް އުފެދިގެން އަންނަ ކޮޓަރިއަށެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު އޮތް އިނޯގްރަލް ބޯލްއަށް ފަސްޓްލޭޑީ މިލޭނިއާ ތުރުކުރައްވާނެ ހެދުންކޮޅަކާއި އެ ހެދުންކޮޅުގެ ޑިޒައިނަރަކީ ކާކުތޯ ބެލުމަށް އެތައްބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. ފެޝަނަށް ލޯބިކުރާ ގިނަ ބަޔަކު ބުނަމުން ދިޔައީ މިލޭނިޔާ ތުރުކުރައްވާނީ ރަލްފް ލޮރޭން ނުވަތަ ކާލް ލަގަފެލްޑްގެ ހެދުންކޮޅެއް ކަމަށެވެ.

ކޮންމެއަކަސް މިލޭނިޔާ މިވަނީ ފެޝަންގެ ދުނިޔޭގައި ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ. އިނޯގްރަލް ބޯލްގައި މިލޭނިޔާ ތުރުކުރެއްވީ އެކަމަނާ އަމިއްލަފުޅަށް ފަރުމާކުރެއްވި ހެދުންކޮޅެކެވެ. އަދި މި ހެދުންކޮޅު ފަރުމާކުރެއްވުމުގައި މިލޭނިޔާ އަށް އެހީވެދިނީ ކުރީގެ ކެރޮލީނާ ހެރޭރާ ގެ ކްރޭޓިވް ޑައިރެކްޓަރ، އޭރވް ޕީއޭ އެވެ.

ޕީއޭ އާއި މެލޭނިއާ ގުޅިވަޑައިގެން ފަރުމާކުރެއްވި ގައުންއަކީ ކްރީމް ކުލައަކަށްދާ ސިލްކް ކްރޭޕް ހެދުމެކެވެ. މުޅި ހަށިކޮޅަށް ފެތުރިގެން ދާނޭހެން ދިގުކޮށް މިހެދުން ފަރުމާކޮށްފައި ހުރި އިރު އަރިމަތީން ދިގު ރޮނގަކަށްވާ ގޮތަށް ފަޅައިލާފައި ވެއެވެ. ހެދުމުގެ މަތީބުރީގައި ދެ ރުލެއްނަގާފައި ހުރިއިރު ރަތްކުލައިގެ ސިލްކް ރިބަން ކޮޅެއް ވެސް އުނަގަނޑުކޮޅުގައި ވަނީ އައްސާފައެވެ.

އިނޯގްރަލް ބޯލްގެ ހެދުމަކީ މިލޭނިޔާގެ ފުރަތަމަ ޑިޒައިނެއް ނޫނެވެ. އެކަމަނާ ވަނީ 2010 ވަނަ އަހަރު އަމިއްލަ ޖުވެލަރީ ކަލެކްޝަނެއް ވެސް ކިއުވީސީއަށް ލޯންޗްކުރައްވައިފަ އެވެ.

އެމެރިކާގެ އެންމެ ފަހުގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން، މިޝޭލް އޮބާމާ ވެސް ވަނީ 2009 ވަނަ އަހަރު އޮތް އޮބާމާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފެޝަންގެ ދުނިޔެއަށް ސިހުން ގެނެސްދީ މީހުން ހީވެސް ނުކުރާ ކަހަލަ ފަރުމާއެއްގެ ހެދުންކޮޅެއް ތުރުކުރައްވައިފަ އެވެ. އެއީ ޖޭސަން ވޫ ގެ ޑިޒައިނެކެވެ. އެއީވެސް ހުދުކުލައިގެ ހެދުންކޮޅެކެވެ. މިޝޭލް އެ ހެދުންކޮޅު ތުރުކުރައްވާނެކަން ހުދު ވޫ އަށް ވެސް އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ޔަގީންކަމެއް ނެތެވެ. ނަމަވެސް އެއްފަރާތުން ކޮނޑު ކަނޑާފައި ހުރި އެ ހެދުންކޮޅު ތުރުކުރައްވައިގެން ހުންނެވި މިޝޭލް ފެނުނު އިރު އެކަމަނާގެ ރީތިކަމަށް ގިނަ ބަޔަކު ދިޔައީ ތައުރީފް ކުރަމުންނެވެ.

ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން، މިޝޭލް އޮބާމާ 2009 ވަނަ އަހަރު އިނޯގްރަލް ބޯލްގައި ---

ވ

comment ކޮމެންޓް