ދިއްގަރު ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

މިނިސްޓަރު ޠާރިގު ދިއްގަރުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހް ކޮށްދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މުލަކަތޮޅު ދިއްގަރުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ދިއްގަރު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހްކޮށްދެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބްރާހީމެވެ.

ދިއްގަރު ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެވެ.

ސަރުކާރުގެ ބަޖެޓުން 28 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދިއްގަރުގައި ގާއިމް ކުރާ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ ޑިޒަައިން އެެންޑް ބިލްޑް އުސޫލުންނެވެ.

ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާ ސާމާނު މިހާރު ދިއްގަރަށް ގެނެސްފައިވާއިރު، އެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަަން ޖެހެ އެވެ.

އެ މަޝްރޫއުގެ ދަށުން ފާހާނާ ހޮޅިއެޅުމާއި، ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި، ސީއައުޓްފޯލް ސިސްޓަމެއް ގާއިމް ކުރާނެ އެވެ.

ނަރުދަމާގެ އަމަލީ މަސައްކަތް މިއަދު އިފްތިތާހްކޮށްްފައިވާއިރު، ދިއްގަރުގެ ފެނުގެ ނިޒާމު މިއަދު ވަނީ ރައީސް ޔާމީން އިފްތިތާހްކޮށްފަ އެވެ.

comment ކޮމެންޓް