ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މާލެއަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް 8.9 މެގަވޯޓުގެ އިތުރު ޖަނަރޭޓަރެއް ގެނެސްފި އެވެ.
ސްޓެލްކޯގައި މިވަގުތު 64 މެގަވޯޓުގެ ޖަނަރޭޓަރު ހިންގަމުންދާ އިރު އަލަށް ގެނެވުނު ޖަނަރޭޓަރާ އެކު 72.9 ކެޕޭސިޓީ އިތުރުވާނެ އެވެ. މިހާރު މާލޭގައި އެންމެ ގިނައިން ކަރަންޓް ބޭނުންކުރާ ވަގުތުތަކުގައި 54 ކިލޯ ވޯޓުގެ ކަރަންޓް ބޭނުންކުރެ އެވެ.
ސްޓެލްކޯގެ އިންޖީނިއަރު އިބްރާހީމް ރައޫފް މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ރާއްޖެ ގެނައި އާ ޖަނަރޭޓަރަކީ އިމާރާތްތައް ގިނަވަމުން އަންނަ މާލޭގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން ގެނައި ޖަނަރޭޓަރެއް ކަމަށެވެ.
އެޖަނަރޭޓަރު އަންނަ އޭޕްރީލް މަހުގެ ފަހުކޮޅު އޮޕަރޭޓް ކުރެވޭނެ ކަމަށް ވެސް ރައޫފް ވިދާޅުވި އެވެ.
އެޖަނަރޭޓަރު އޮޕަރޭޓް ކުރަން ފެށުމުން ކެޕޭސިޓިއަށް އަދި މެއިންޓެއިނެންސް މަސައްކަތައް ވެސް ލުޔެއް ލިބިގެންދާނެ ކަމަށް ރައޫފް ވިދާޅުވި އެވެ.