ކިރްގިސްތާނަށް ކާގޯ މަތިންދާބޯޓެއް ވެއްޓި 16 މީހުން މަރުވެއްޖެ

ކިރްގިސްތާނަށް ވެއްޓުނު ޓާކިޝް އެއާލައިންގެ ކާގޯ ބޯޓު ---

ކިރްގިސްތާނަށް ޓާކިޝް އެއާލައިންސްގެ ކާގޯ ޖެޓެއް ވެއްޓި، އެ ޖެޓްގެ ޕައިލެޓާއެކު 16 މީހުން މަރުވެއްޖެއެވެ.

ކިރްގިސްތާނުގެ ހެލްތުކެއާ މިނިސްޓްރީން ހާމަކުރާ ގޮތުގައި، ހޮންގް ކޮންގް އިން ފުރައިގެން ކިރްގިސްތާންގެ ވެރިރަށް ބިޝްކެކް އަށް ދަތުރުކުރަމުންދިޔަ ބޮއިންގް 747ގެ އެ މަތިންދާބޯޓު ވެއްޓުނީ އެގައުމުގެ މަނަސް އެއާޕޯޓް ކައިރީގައި އާއްމުން ދިރިއުޅޭ ގެ ތަކެއްގެ މައްޗަށެވެ.

ހާދިސާގައި މަތިންދާބޯޓުގެ އެއް ކެޕްޓަންގެ އިތުރުން ފްލައިޓް ވެއްޓުނު ސަރަހައްދުގައި ދިރިއުޅޭ 15 މީހަކު ވަނީ މަރުވެފައެވެ.

ކިރިގިސްތާންގެ ނިއުސް އެޖެންސީތަކުން ބުނާގޮތުގައި، ހާދިސާއާ ގުޅިގެން މަނަސް އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ. އަދި އެމަޖެންސީ ސާވިސްތަކުން އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް