މަހިބަދޫގެ ކެޕްޓަން މިދުހަތު ނިއުއަށް ސޮއިކޮށްފި

މިރޭ ނިއުއާ ގުޅުނު މިދުހަތު(ވ) ކޮންޓްރެކްޓްގައި ސޮއު ކުރުމަށްފަހު ---

ކުރިއަށް އޮތް ސީޒަންގައި ނިއުރޭޑިއަންޓް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަބުދުﷲ މިދުހަތު ފަހުމީ އެ ޓީމަށް ގެނައިސްފިއެވެ.

އެއްއަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނިއުއާ ގުޅުނު މިދުހަތަކީ 2015 ވަނަ އަހަރު މަހިބަދޫ އެއްވަނަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމުގައި މުހިންމު ދަައުރެއް އަދާކޮށް ކެޕްޓަންކަން ކުރި ކުޅުންތެރިޔާއެވެ.

މިދުހަތާ އެކު މަހިބަދޫގެ ތިން ކުޅުންތެރިން މިސީޒަނުގައި ނިއު އިން ފެންނާނެއެވެ. އެއީ މިއަހަރު މާޒިޔާއިން ނިއުއާ ގުޅުނު ތަޖުރިބާކާރު ގޯލު ކީޕަރު އިމްރާން މުހައްމަދާއި ޑިފެންޑަރު އަހުމަދު ނުހާދުއެވެ.

އިމްރާންގެ އިތުރުން އާސީޒަނަށް ނިއުއިންގެނައި ރާއްޖޭގެ ކުޅުންތެރިންނަކީ އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލްގަނީ އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ.

ނިއުގެ ސްކޮޑް ވަރުގަދަ ކުރުމަށް އެ ޓީމުން ގެނައި ހަތަރު ބިދޭސީ ކުޅުންތެރިން ވެސް ފިޓްނަސް ޓެސްޓްތަކަށްފަހު މިރޭ ވަނީ ޓީމާއި އެކު ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ. އެއީ ފިލިޕީންސް ލީގުގެ ވޭތުވެދިޔަ ދެ އަހަރުގެ ޓޮޕް ސްކޯރާ ސްޕެއިނުގެ އެޑްރިއަން ގަލާޑޯ އާއި ނެދަލެންޑްސް މިޑްފީލްރު ޖަމެލް ރޮމާނޯ ލީފްލޭންގާއި ޖަޕާން މިޑްފީލްޑަރު ކެސިއުކޭ އޮގާވާ އަދި ޗެލްސީގެ ޔޫތު ޓީމުގެ ކުރީގެ ކެޕްޓަން ޑެނިއަލް ޕަޕޯ އެވެ.

ނިއުގެ އާ ކޯޗު ޕޯޗުގަލްގެ ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސްއާ އެކު ބާއްވާ ފުރަތަމަ ފަރިތަކުުރުންތަށް މާދަމާ 15:45 ޓާފް އެއް ނަމްބަރު ދަނޑުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް