ފޭދޫ ފިނޮޅު ހުސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި

ފޭދޫ ފިނޮޅު --- ފޮޓޯ/ ފުލުހުން

ރިސޯޓު ތަރައްގީ ކުރުމަށް ޗައިނާ ކުންފުންޏަކަށް ދީފައިވާ މާލެ އަތޮޅު ފޭދޫ ފިނޮޅު ހުސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މީގެ ކުރިން ފޭދޫ ފިނޮޅު ބޭނުންކުރަމުން ދިޔައީ ފުލުހުންގެ އެކި ބޭނުންތަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފޭދޫ ފިނޮޅު ޗައިނާގެ ކުންފުންޏަކަށް ދީފައިވާކަން ޓުއަރިޒަމް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެހެންކަމުން އެ ރަށް ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ރަށް ކުއްޔަށް ދީގެން، އެ ރަށުގައި ފުލުހުންނަށް އާމްދަނީއެއް ލިބޭނެ ގޮތްތަކެއް މަގުފަހިކޮށްދީފައިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން 50 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނަށް އެ ރަށުން 63 މިލިއަން ޑޮލަރު ލިބޭނެ ކަމަށް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ. އެއީ ދައުލަތަށް ކުލީގެ ގޮތުގައި ލިބޭ އަދަދުގެ އިތުރަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް