ނުލިބިހުރި 182 މިލިއަން ރުފިޔާ ރަން ދިހަފަހަކަށް ބަދަލުކުރަން ފަސް އަހަރު

ދިވެހި ފައިސާގެ ކުރީގެ ނޫޓުތަކުގެ ތެރެއިން ނުލިބިހުރި 6.3 ޕަސެންޓް ފައިސާ 2021ގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބަލައި ގަންނާނެ ކަމަށް އެބެންކުން ބުނެފިއެވެ.

މިދިޔަ އަހަރު ނިމުމާއެކު ރާއްޖޭގެ އާންމު ބެންކުތަކުން ކުރީގެ ފައިސާ ރަން ދިހަފަހަކަށް ބަދަލުކުރުން ވަނީ ހުއްޓާލައިފައެވެ. މިހާރު ފައިސާ ބަދަލުކޮށްދެނީ އެމްއެމްއޭއިން އެކަންޏެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު "ސަން"އަށް ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް 182 މިލިއަން ރުފިޔާގެ ކުރީގެ ނޫޓު ނުލިބިވާއިރު އެފައިސާ ބަލައިގަތުން 2021ގެ ޖުލައި މަހުގެ ނިޔަލަށް ބަންދު ނޫން ދުވަސްދުވަހުގެ 8:30 އިން 2:00 އަށް ކުރިއަށްދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ވަނީ 2719 މިލިއަން ރުފިޔާ ރަން ދިހަފަހެއްގެ ނޫޓަށް ބަދަލުކޮށްފައެވެ.

ރަން ދިހަފަހެއްގެ ނޫޓު ސީރީޒްތައް ތައާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް