ބީއެމްއެލްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ކާނިވާ 44" މާދަމާ ބާއްވަނީ

ނިމުނު އަހަރު ބީއެމްއެލްއިން ބޭއްވި ކާނިވަލްގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ކާނިވާ 44' މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކާނިވަލުގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރިކުރުމާއި އާއިލީ ގުޅުން ބަދަހިކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ކާނިވަލުގައި ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަނެއް ކުރިއަށްދާނެ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ނިމުނު އަހަރު ބީއެމްއެލްއިން ބޭއްވި ކާނިވަލްގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް

އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި ފަސް މެކްބުކް ނިއޯ އަދި ދެ ބެޓެރި ސައިކަލު ހިމެނެއެވެ. ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން އައްޑޫގައި ބޭއްވި ކާނިވަލް --- ފޮޓޯ: ބީއެމްއެލް

މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަަލަށް ކުރިއަށްދާ މި ކާނިވާގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކުގެ އިތުރުން، ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ހިމެނޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. މި ކާނިވާ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

comment ކޮމެންޓް