ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު "ސަން" އަށް ވިދާޅުވީ ގާސިމް މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިއަދު 12:30 އެހައިކަންހާއިރު ކަމަށެވެ.

ސަމީރު ވިދާޅުވީ ކާރުކޮޅުގައި ބަންޑާރަ މިސްކިތް ކައިރިން ވަޑައިގަންނަވަނިކޮށް ނޭވާ ހާސްވާގޮތްވެ، ދާހިއްލައި ހޮޑުލަވައިގަތީ ކަމަށެވެ.

"މިވަގުތު ގާސިމް އިބްރާހީމް އޮންނެވީ އޮބްޒަވޭޝަންގައި. އަދި އަޅުގަނޑުމެންނަކަށް ނޭނގެ ކިހިނެތްވީ ކަމެއްކަން،" ސަމީރު ވިދާޅުވިއެވެ.

ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު، މިއަދު 2:00 އަށް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ތާވަލްކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ވިދާޅުވީ ގާސިމަކީ ހަޒިރުވާންޖެހޭ ކޮންމެ މުއައްސަސާއަކަށް ހާޒިރުވާނެ ބޭފުޅެއް ކަމަށެވެ.

comment ކޮމެންޓް