ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ރާއްޖެ އައި ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ކާލޯސް ޕިޔޯލް މިވަނީ ރާއްޖޭގައި ވެސް މެޗެއް ކުޅެފައެވެ.
ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ފަހު ސަން ސިޔާމް އިރުފުށީގައި އަންހެން ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯއާ ޗުއްޓީ ހޭދަކުރަމުންދާ ޕްޔޯލް ވަނީ އެ ރިސޯޓްގެ މުއްޒަފުންނާ އެކު މެޗެއް ކުޅެފައެވެ.
ޕްޔޯލެގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި އާންމު ކުރި 21 ސުކުންތުގެ ކުރު ވީޑިއޯއެއް އޭނާ ވަނީ ބާސެލޯނާގައި ކުޅުނު ފަދަ ޕާސިން ގޭމެއް ކުޅުމަށް ފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ރީތިކޮށް ފައިގެ ފުންނާބުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ޕްޔޯލް އެވީޑިއޯ ޕޯސްޓްކޮށްފައި ވަނީ "ރާއްޖޭގައި ކުޅުނު ތާރީހީ ފުޓްބޯޅަ މެޗު'ގެ ގޮތުގައެވެ.
ޕްޔޯލްގެ ރަސްމީ ފަސް ނަމްބަރު ޖާޒީގައި ކުޅުނު އެ މެޗުގެ ވީޑީއޯ ވަނީ މިހާތަނަށް ފޭސްބުކްގައި 472 ހާހަށްވުރެން ގިނަ މީހުން ބަލައި 563 މީހުން ޝެއާކޮށްފައެވެ.
މިދިޔަ ބަދު ދުވަހު ހަވީރު ކުޅުނު އެ މެޗުގައި އެއްކޮޅުން ނިކުތީ އިރުފުށީ ރިސޯޓްގެ މެނޭޖްމަންޓްގެ ޓީމެކެވެ. 2-3 ގެ ނަތީޖާ އަކުން ނިމުނު އެ މެޗު ކާމިޔާބުކޮށްފައިވަނީ ޕިޔޯލްގެ ޓީމުންނެވެ. ޕިޔޯލްގެ ޓީމްގައި ހިމެނުނީ އޭނާގެ އިތުރުން އިރުފުށީ ރިސޯޓްގައި މަސަތްކަތްކުރާ މުއްޒަފުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ.